ޚަބަރު

ފޭރުމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާންކޮށްފި


ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤިގު ކުރަމުންދާ ފޭރުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ގދ. މަޑަވެލި / އުދަރެސް، އަޙްމަދު އަބާން ވަޙީދު (21އ) އެވެ. ފުލުހުން ބުނެފައިވަނީ އަޙްމަދު އަބާން ވަޙީދު އާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.