ޚަބަރު

5 މީހުންނާއެކު ދަތުރުކުރި ދޯންޏެއް ފަރަށް އަރައިފި


ފަސް މީހުންނާއެކު ދަތުރު ކުރަމުންދިޔަ ބޯޓެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓް ގާޑުން ހަރަކާތްތެރިވާން ފަށައފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ފަސް މީހުންނާއެކު ދަތުރު ކުރި "ގޮމަ" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް، ގއ. ދެއްވަދޫ ނެރުގެ އިރުމަތީ ފަރާތަށް އުރުމާއި ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިޔާ ކޯސްޓް ގާޑު ސްކޮޑްރަން ހަރަކާތްތެރި ވަމުން ދާކަމަށެވެ.

މިހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 8:15 ގައި ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. މި ދޯނި ފުންކުރުމުގެ މަސައްކަތް ދޯނީގެ ވެރިފަރާތުން ކުރަމުންދާކަމަށް އެމްއެންޑިއެފް އިން ވިދާޅުވެއެވެ.