ވިޔަފާރި

ތިންވަނަ "މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް" އިންޑިއާގައި


ތިންވަނަ "މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް" އިންޑިއާގައި ބޭއްވުމަށް، ހޯމަ ދުވަހު ބޭއްވި ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަންގެ
ބައްދަލްވުމުގައި ނިންމައިފިއެވެ.



ޓީވީއެމް
ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާއްޖެއިން އިންޑިއާއަށް
ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ އިންޑިއާ ޖޮއިންޓް ކޮމިޝަންގެ
ބައްދަލުވުމުގައި ވަނީ މިކަމާއި ގުޅޭގޮތުން ދެ ޤައުމުގެ ދެމެދު އެއްބަސްވެވިފައިވާ
ކަމަށެވެ.



މީގެ އިތުރުން
ވެސް އެ ބަދަލްވުމުގައި ރާއްޖޭގެ އިކޮނޮމިކް އިންފްރާސްޓްރަކްޗަރ
ތަރައްޤީކޮށް ދިނުމުގައި އިންޑިއާއިން އެހީތެރިވެދިނުމާއި، ދެ ޤައުމުގެ ދެމެދު
އޮތް ވިޔަފާރި ގުޅުން ވަރުގަދަ ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި
ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވާ ކަމަށް އަހުމަދު
މުހައްމަދު ވިދާޅުވިއެވެ. އަދި
އައިހެވަން މަޝްރޫ އާއި ހުޅުމާލެ ޔޫތް ސިޓީ މަޝްރޫއު ފަދަ މަޝްރޫއުތަކަށް އިންޑިއާއިން
ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެސް އަހުމަދް މުޙައްމަދް ވިދާޅުވިއެވެ.

ދެވަނަ "މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް" މިމަހުގެ
19 ވަނަ ދުވަހު ޗައިނާގެ ބެއިޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެއްމެ
ފުރަތަމަ މި ފޯރަމް ބާއްވާފައިވަނީ ސިންގަޕޫރުގައެވެ.