ސިއްހަތު

އަނގޮޅިތީމް ޞިއްހީމަރުކަޒު އިމާރާތްކުރުމަށް ބަޔަކާއި ޙަވާލުކޮށްފި


ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހަތަރު ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން މަރާމާތު ކުރުމާއި ޢިމާރާތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ހެލްތް
މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުންތަކުގައި ހެލްތް
މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް އިރުތިޝާމް އާދަމް އެވެ.

މިއަދު
ސޮއިކުރެވިގެން ދިޔައީ ، ރ އަނގޮޅިތީމް ޞިއްޙީ މަރުކަޒު އިމާރާތްކުރުމާއި  ، ބ ތުޅާދޫ  އަދި އއ ހިމަންދޫ ޞިއްޙީ މަރުކަޒު މަރާމާތުކުރުމާއި
، އދ އަތޮޅު ހޮސްޕިޓަލްގެ ތިންބުރީ ޢިމާރާތުގައި ނުނިމިހުރި މަސައްކަތް ކުރުމަށެވެ.

މީގެ ތެރެއިން އއ
ހިމަންދޫ އަދި ރ އަނގޮޅިތީމް ޞީއްޙީ މަރުކަޒު އިމާރާތްކުރުމަށް ތިންމިލިއަނަށްވުރެ
ގިނަ ފައިސާ ޚަރަދުވެއެވެ. ބ ތުޅާދޫ ޞިއްޙީ މަރުކަޒު މަރާމާތުކުުރުމަށް
އެއްމިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު ، އދ އަތޮޅު ހޮސްޕިޓަލްގެ ތިންބުރި ޢިމާރާތުގައި
ނުނިމިހުރި މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ ދެމިލިއަނަށްވުރެ ގިނަ
ރުފިޔާއަށެވެ.











މި
އެއްބަސްވުންތަކުގެ ދަށުން ކުރެވޭ މަސަައްކަތްތަކުގެ ތެރޭގައި ސީލިންގ
މަރާމާތުކުރުމާއި ، ފާހާނާ މަރާމާތުކުރުމާއި ތަށިމުށިޖެހުންފަދަ މަސައްކަތް ހިމެނޭ
ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. ރަށްރަށުގެ ޞިއްޙީ  ޚިދުމަތްދޭ ތަންތަނުގެ އެކި އެކި މަސައްކަތުގެ
47 ޕްރޮޖެކްޓެއް މިހާރުވެސް ކުރިއަށް ދާ ކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.