ޚަބަރު

އެވޯޑަކަށްފަހު އެވޯޑެއް ރާއްޖެއަށް، މިފަހަރު ވޯލްޑް ލަގްޒަރީ އެވޯޑް


ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހޮޓާތަކަށް ހާއްސަކޮށްގެން ދޭ އެވޯޑެއްކަމަށްވާ، ދަ ވޯލްޑް ލަގްޒަރީ އެވޯޑްސްގައި ރާއްޖެއަށް ގިނަ އެވޯޑްތަކެއް ލިބިއްޖެއެވެ.

ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ގިނަ ގައުމުތަކަކާއި ވާދަކޮށް ރާއްޖެއަށް ވަނީ ދަ ވޯލްޑް ލަގްޒަރީ އެވޯޑްގެ 21 އެވޯޑެއް ލިބިފައެވެ.

ވޯލްޑް ލަގްޒަރީ އެވޯޑްސްގައި ފަތުރުވެރިންނަށް ޚިދުމަތްދޭ އެންމެ މަތީ ފަންތީގެ ހޮޓާ އަދި ރިސޯޓްތަކާއި ވާދަކޮށް ރާއްޖެއިން ގިނަ އެވޯޑްތަކެއް ހޯދާފައިވާއިރު، މީގެތެރޭގައި ސަރަހައްދީ ގޮތުން ލިބުނު 4 އެވޯޑަކާއި އޭޝިއާ ބައްރުގެ ސަރަހައްދީ ގޮތުން ލިބުނު 9 އެވޯޑަކާއި ދުނިޔޭގެ ހުރިހާ ސަރަހައްދެއް ހިމެނޭ ގޮތަށް ވާދަކޮށްގެން ލިބުނު 5 އެވޯޑެއް ހިމެނެއެވެ. މީގެއިތުރުން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ތަންތަނުން ވާދަކުރާ 3 އެވޯޑެއްވެސް ހިމެނެއެވެ.

ހަމައެކަނި ރާއްޖޭގެ ރިސޯޓްތަކުން ވާދަކުރާ އެވޯޑްތަކުގެ ތެރެއިން

  • •ލަގްޒަރީ ހަނީމޫން ރިޒޯޓް – މަކުނުދޫ އައިލެންޑް
  • •ލަގްޒަރީ އައިލެންޑް ރިޒޯޓް – ރެފަލްސް މޯލްޑިވްސް މެރަދޫ
  • •ބެސްޓް ޖެނެރަލް މެނޭޖަރ – ސަން އައިލެންޑް ރިޒޯޓް އެންޑް ސްޕާ

ގައުމުތަކުގެ މެދުގައި ވާދަކޮށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ:

  • •ލަގްޒަރީ ވޯޓަރ ވިލާ ރިޒޯޓް – ކޮންސްޓަންސް ހަލަވެލި މޯލްޑިވްސް
  • •ލަގްޒަރީ އޯލް އިންކްލޫސިވް ރިޓްރީޓް – އެމެރެލްޑް މޯލްޑިވްސް ރިޒޯޓް އެންޑް ސްޕާ
  • •ލަގްޒަރީ ބްރޭންޑް – ހަރޑް ރޮކް ހޮޓެލް މޯލްޑިވްސް
  • •ލަގްޒަރީ ޕްރައިވެޓް ބީޗް ރިޒޯޓް – ޖުމައިރާ ވިޓަވެލި

އޭޝިއާ ބައްރުގެ ގައުމުތަކާއި ވާދަކޮށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ:

  • •ލަގްޒަރީ ހަނީމޫން ރިޒޯޓް – ސެންޓަރާ ރަސް ފުށި ރިޒޯޓް އެންޑް ސްޕާ މޯލްޑިވްސް
  • •ލަގްޒަރީ ވިލާ ރިޒޯޓް – ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް
  • •ލަގްޒަރީ އިކޯ ރިޒޯޓް – ކޮންސްޓެންސް މޫފުށި މޯލްޑިވްސް
  • •ލަގްޒަރީ އައިލެންޑް ރިޒޯޓް – ގްރޭންޑް ޕާކު ކޮށްދިއްޕަރު މޯލްޑިވްސް
  • •ލަގްޒަރީ ފެމިލީ ހޮޓެލް – ކުރުނބާ މޯލްޑިވްސް
  • •ލަގްޒަރީ ނިއު ހޮޓެލް – ޕުލްމޭން މޯލްޑިވްސް މާމުޓާ ރިޒޯޓް
  • •ލަގްޒަރީ ޕްރައިވެޓް ވިލާ - ރޯޔަލް ރެސިޑެންސް އެޓް ޖުމައިރާ ވިޓަވެލި
  • •ލަގްޒަރީ ބްރޭންޑް – ސައީ ލެގޫން މޯލްޑިވްސް – ކިއުރޯ ކަލެކްޝަން ބައި ހިލްޓަން
  • •ލަގްޒަރީ ފެމިލީ ބީޗް ރިޒޯޓް – ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިޒޯޓް އެންޑް ސްޕާ

ސަރަހައްދީ ގައުމުތަކާއި ވާދަކޮށް ލިބުނު އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ

  • •ލަގްޒަރީ އޯޝަން ވިއު ރިޒޯޓް – ބެގްލިއޯނީ ރިޒޯޓް މޯލްޑިވްސް
  • •ލަގްޒަރީ އައިލެންޑް ރިޒޯޓް – ސެންޓާރާ ގްރޭންޑް އައިލެންޑް ރިޒޯޓް އެންޑް ސްޕާ
  • •ލަގްޒަރީ ފެމިލީ ބީޗް ރިޒޯޓް – ކަނުހުރާ – އަ ސަން ރިޒޯޓް މޯލްޑިވްސް
  • •ލަގްޒަރީ އިކޯ ރިޒޯޓް – ރީތި ފަރު ރިޒޯޓް
  • •ލަގްޒަރީ ބިޒްނަސް ހޮޓެލް – ސަމަން ގްރޭންޑް

ދަ ވޯލްޑް ލަގްޒަރީ އެވޯޑަކީ 2006 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑްގެ އެންމެ ފުރަތަމަ ހަފްލާ ބާއްވާފައިވަނީ 2007 ވަނަ އަހަރުގައެވެ. އޭގެ ފަހުން ކޮންމެ އަހަރަކުވެސް މި އެވޯޑް ހަފްލާ ބާއްވަމުން އަންނައިރު، ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ އެކި ފަރާތްތަކަށް ގިނަ އެވޯޑްތަކެއް އަންނަނީ ލިބެމުންނެވެ.