ކުޅިވަރު

ފުނާޑު ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފި


ފްރީގައިޒް ފުވައްމުލަކު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ފުނާޑު
ކުޅުނު ދެވަނަ މެޗް ކާމިޔާބުކޮށްފި.

 ޔެސް މާލެގަންއާ ވާދަކޮށް ފުނާޑު މިމެޗް
ކާމިޔާބުކުރީ ތިން ސެޓް ދެސެޓުންނެވެ. މެޗްގެ ފުރަތަމަ ދެސެޓް ހޯދީ ފުނާޑުންނެވެ.
މިދެސެޓް ފުނާޑު ކާމިޔާބުކުރީ ފަންސަވީސް ސާދަ އަދި ފަންސަވީސް ސާދައިންނެވެ.
ނަމަވެސް މާލެގަން ކުޅުން ރަނގަޅުކޮށް ޖެހިގެން އައި ދެސެޓް ކާމިޔާބުކުރިއެވެ.
މިދެސެޓް މާލެގަން ކާމިޔާބުކުރީ ފަންސަވީސް ވިހި އަދި ފަންސަވީސް ބާވީހުންނެވެ.

 ނަތީޖާ ނެރުމަށް ކުޅުނު ފަސްވަނަ ސެޓް ފުނާޑު ކާމިޔާބުކުރީ ފަނަރަ ބާރައިންެނެވެ.
މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފުނާޑުގެ ލަންކާ ކުޅުންތެރިޔާ ތިލިނި ވަސެނަ
ޕެރެއިރާއެވެ. 

މިއީ މަޝްހޫރު ކޯޗް އިބްރާހިމް ރަޝީދު ( ސަތޯ )ގެ އިރުޝާދުގެ ދަށުން
ފުނާޑު ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުން ފުނާޑު ބަލިވިއިރު، މިއީ މާލެގަން
މިމުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.