ކުޅިވަރު

އަންހެން ޑިވިޝަންގައި ފިސްޑާ ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި


ފްރީގައިޒް ފުވައްމުލަކު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގައި ފިސްޑާ
ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށްފި. 

ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް
ޑެވެލޮޕްމެންޓް އެސޯސިއޭޝަން ފިސްޑާ މެޗް ކާމިޔާބުކުރީ މިސްކިތްމަގު އެންމެންގެ
ގުޅުމާ ވާދަކޮށް ތިން ސެޓް އެއްސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ފަންސަވީސް
ފަނަރައިން ފިސްޑާ ކާމިޔާބުކުރުއިރު، މިސްކިތްމަގު ފަސޭހަކަމާއެކު ދެވަނަ ސެޓް
ހޯދިއެވެ. މިސެޓް މިސްކިތްމަގު ކާމިޔާބުކުރީ ފަންސަވީސް ނުވަޔަކުންނެވެ. 

ވާދަވެރި
ކުޅުމަކަށްފަހު މެޗްގެ ތިންވަނަ ސެޓް ފިސްޑާ ކާމިޔާބުކުރީ އަށާވީސް
ސައްބީހުންނެވެ. އަދި ފަހު ސެޓް ފިސްޑާ ކާމިޔާބުކުރީ ފަންސަވީސް ނަވާރައިންނެވެ.
މިމުބާރާތުގައި މިސްކިތްމަގު ކުޅުނު ފުރަތަމަ މެޗް ވަނީ ކާމިޔާބުކޮށްފައެވެ.

 މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފިސްޑާގެ ބިދޭސީ ކުޅުންތެރިޔާ ވާސޫއެވެ.