ވިޔަފާރި

އުރީދޫ އަށް 'މޯބައިލް މަނީ' ތައާރަފް ކުރުމުގެ ހުއްދަ ލިބިއްޖެ


މޯބައިލް ފޯނު މެދުވެރިކޮށް ފައިސާގެ ގިނަ މުއާމަލާތްތައް ހިންގޭނެ ހިދުމަތެއް ކަމަށްވާ 'މޮބައިލް މަނީ' ގެ ޚިދުމަތް ރާއްޖެ އަށް ތަޢާރަފްކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް އުރީދޫއިން ބުނެފިއެވެ.އޫރިދޫ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޫރިދޫގެ ސީއީއޯ ވިކްރަމް ސިންހް ވިދާޅުވީ އެ ޚިދުމަތުގެ ސަބަބުން ރަށްރަށަށް ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށާއި ވަޒީފާގައި އަވަދިނެތި މަސައްކަތް ކުރާ ފަރާތްތަކަށް އަތުގައި އޮންނަ ފޯނުން ފައިސާގެ ހުރިހާ މުއާމަލާތެއްގެ ކަންތައްތައް ނިންމާލެވޭނެކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އިތުރު ލުއި ފަސޭހަ ކަމެއް އެ ޚިދުމަތުން ލިބިގެންދާނެ ކަމަށްވެސް ވިކްރަމް ވިދާޅުވިއެވެ.ވިކްރަމް ސިންހަ ވިދާޅުވީ 6 މަސް ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ލަފާކުރާ އެ ހިދުމަތައް އެއް މިލިއަނަށްވުރެއް ގިނަ ޑޮލަރު ހަރަދުވާނެ ކަމަށާއި އެ ހިދުމަތް ދޭނީ އެމްއެމްއޭގެ ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.މޯބައިލް މަނީ ޚިދުމަތަކީ އުރީދޫން ޚިދުމަތް ދޭ އެހެން ގައުމުތަކުގައި ވެސް ވަރަށް ކާމިޔާބުކަމާ އެކީ ދެމުން އަންނަ ހިދުމަތެކެވެ. އޭގެ ތެރޭގައި ގަތަރު، ޓިއުނީޝިއާ އަދި އިންޑޮނީޝިއާ ހިމެނޭ ކަމަށް އޫރިދޫއިން ބުނެއެވެ.