ޚަބަރު

ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި


މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މި މާރާމާރީ ހިނގާފައިވަނީ މާފަންނު ފިޔާތޮށި ގޯޅީގައިކަށެވެ. އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:05 ހާއިރު ކަމަށެވެ.

ފުލުހުން ވިދާޅުވީ މި މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުޤީގުކުރަމުންނެވެ.