ޚަބަރު

ރަށުން ބޭރުގައި ވުލްވްސްއަތުން ޗެލްސީ ބަލިވެއްޖެ


ޖެހިޖެހިގެން 2ވަނަ މެޗްއިން ބަލިވެ، ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ޗެލްސީއިން ގެއްލުވާލައިފިއެވެ.

އިގްލިޝް ޕްރިމިއަރ ލީގްގައި ރޭ ރަށުން ބޭރުގައި ވުލްވްސް އަތުން ޗެލްސީ ބަލިވީ 2 ލަނދު 1 ލަނޑުންނެވެ. ތިން ލަނޑުގެ ތަފާތުން މެޗް ކާމިޔާބުކުރިނަމަ، ޗެލްސީއަށް ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު ގެއްލުމާއި ގުޅިގެން މިބައްޔާއެކު ޗެލްސީ މިހާރު އޮތީ ތާވަލްގެ 5ވަނާގައެވެ. ރޭގެ މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ޗެލްސީއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގެ 49ވަނަ މިނެޓްގައި އޮލިވިއޭ ޖިރޫޑްއެވެ. މެޗްގެ ނަތީޖާ ވުލްވްސްއަށް ހަމަހަމަކޮށްދިނީ މެޗްގެ 66ވަނަ މިނެޓްގައި ޑެނިއަލް ޕޮޑެންސްއެވެ.

ދެ ޓީމްއަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔަ ނަމަވެސް، މެޗްގެ އިތުރު ވަގުތުގެ ތެރޭގައި ވުލްވްސްގެ ޕެޑްރޯ ނެޓޯވަނީ ވުލްވްސްއަށް މެޗްގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ. ޗެލްސީގެ ކޯޗް ފްރޭންކް ލެންޕާޑް ބުނީ ކައިރިކައިރީގައި މެޗްތައް ކުޅެން ޖެހުމުން ކުޅުންތެރިންގެ ކައިބައިން ވަރުބަލިކަން ފެންނަމުންދާކަމަށާއި ލީގުގައި ކުރިއަށް ދިއުމަށް މެޗުތަކުން މޮޅުވާންވެސް ޖެހޭކަމަށެވެ.