ކުޅިވަރު

ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗްގައި އެކުވެރި ފުނާޑާ ފިސްޑާ


ފްރީގައިޒް ވޮލީ ބޯޅަ
މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗްގައި އެކުވެރި ފުނާޑާ ފިސްޑާ
ވާދަކުރަން ޖެހިއްޖެ. މިމަހު ފަނަރައިގައި ފުވައްމުލަކުގައި ފެށުމަށް
ހަމަޖެހިފައިވާ މިމުބާރާތުގައި ހަ ޓީމެއް ވާދަކުރާނެއެވެ. ދެ ގްރޫޕަކަށް
ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ގްރޫޕް އެކެއްގައި ހިމެނެނީ އެކުވެރި
ފުނާޑާ، ފުވައްމުލަކު ޔޫތް އެންޑް ސްޕޯޓްސް ޑެވެލޮޕްމެންޓް އެސޯސިއޭޝަން ފިސްޑާ
އަދި ދަޑިމަގު އެކުވެރިންނެވެ. ގްރޫޕް ދޭއްގައި ހިމެނެނީ ހޯދަޑު ޔަންގ ޖެނެރޭޝަން،
ދަޑިމަގު ހުދެކެޑެ އަދި ދިގުވާޑު އަފުން ޓީމެވެ. ގްރޫޕް ދޭއްގެ ފުރަތަމަ މެޗްގައި
ވާދަކުރާނީ ހޯދަޑު ޔަންގ ޖެނެރޭޝަންއާއި ދަޑިމަގު ހުދެކެޑ އެވެެ. މިމުބާރާތުގެ
ފިރިހެން ޑިވިޝަންގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21ވަނަ ދުވަހުއެވެ. މުބާރާތުގެ ޤަވާއިދު ބުނާ ގޮތުން ކޮންމެ ޓީމަކަށްވެސް ބިދޭސީ އެއް
ކުޅުންތެރިއަކަށް ކުޅެވޭނެއެވެ. މިފަހަރުގެ މުބާރާތުގައި ރާއްޖޭގެ ޤައުމީ ޓީމްގައި
ހިމެނޭ ގިނަ ކުޅުންތެރިންތަކެއް ފެނިގެންދާނެކަން ފާހަގަކުރެވެއެވެ. މުބާރާތް
އިންތިޒާމް ކުރަނީ ފުވައްމުލަކު އަތޮޅު ކައުންސިލުންނެވެ.