ސިއްހަތު

ކެންސަރަށް މީހުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްފަށައިފި


ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއާއި ޓޭބަލްޓެނިސް އެސޯސިއޭޝަން ގުޅިގެން  ބެރެސްޓް ކެންސަރުން މީހުން ހޭލުންތެރި ކުރުމުގެ ގޮތުން ހަރަކާތްތަކެއް ކުރިޔައް އެބަދެއެވެ.މިއަދުން ފެށިގެން ތިންދުވަހުގެ ނިޔަލަށް ހުރަވީ ބިލްޑިގް ގެ ތިރީގައި ޓޭބަލް ޓެނިސް ކުޅުމުގެ ފުރުސަތު ވަނީ އާމުންނަށް ހުޅުވާލާފައެވެ.ބްރެސްްޓް ކެންސަރއާއި ގުޅުވައިގެން ކުރިޔަށްގެންދާ ހަރަކާތްތަކާއި ގުޅޭ މައުލޫމާތުދެއްވަމުން ކެއާރ ސޮސައިޓީގެ ޗެއަރ ޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ ބްރެސްޓް ކެންސަރއާއ ޓީޓީ ފަދަ  ކުޅިވަރަކާއި ގުޅުވައިގެން ކުރިޔަށްގެންދިއުމަށް ހަމަޖެހުނީ  ބްރެސްޓް ކެންސަރަކީ ވެސް ލައިފްސްޓައިލާ ގުޅިފައިވާ ކަމެއްކަމަށް ވާތީކަމަށެވެ.މިމަހުގެ 11 އިން ފެށިގެން ތިންދުވަހަށް ކުރިޔަށް ގެންދާ މި ހަރަކާތުގައި ޓީޓީ ކުޅެން އަންނަ ފަރާތްތަކަށް ބްރެސްޓް ކެންސަރ އާއި ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ.ހުރަވީ ބިލްޑިންގައި ކުރިޔަށް ގެންދިޔަ ޓީޓީ ހަރަކާތްތައް އިފްތިތާހުކޮށްދެއްވީ ކުރީގެ ހެލްތްމިނިސްޓަރ ޑރ މަރިޔަމް ޝަކީލާއެވެ. މި ރަސްމިިޔާތުގައި ވާހަކަދައްކަވަމުން ޑރ ޝަކީލާ ވިދާޅުވީ މުޖުތަމައުގެ ތެރޭގައި ކެންސަރ ބައްޔާމެދު ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުކުރަން ޖެހޭކަމަށާއި ކެންސަރއަށް ޝައްކު ކުރެވޭނަމަ ވީއެންމެ އަވަހަކަށް ޓެސްޓް ކުރުމަށް ޝަަކީލާ އެދިވަޑައިގެންނެވިއެވެ.ޑރ ޝަކީލާއަށް ވަނީ މީގެ ކުރިން ކެންސަރ ޖެހިފައިއެވެ. މި ރަސްމިޔާތުގައި އެކަމަނާ ވަނީ އެކަމަނާއަށް ކެންސަރ ޖެހުނުކަށް ވިދާޅުވެ އެވާހަކަ ދައްކަވާފައެވެ. ޝަކީލާ ވިދާޅުވީ އަންެހެނަކަށް ވެހުރެ ބުރެސްޓްކެންސަރ އާއި ގުޅޭ ގޮތުން ވާހަކަދެއްކުމަކީ ވަރަށް އުދަގޫކަމެކަމަށެވެ.  އަދި 3 ފަހަރު މަތިން ކެންސަރާއި ހަނގުރާމަ ކުރިކަމަށް ޝަކީލާ ވިދާޅުވިއެވެ.ޝަކީލާ ވިދާޅުވީ ކެންސަރ ބަލި ޖެހުމަކީ މީހާ އެހާހިސާބުން އޮށޯވެ ވަޅުލެވެންވީކަމެއް ނޫންކަމަށާއި އޭގެ ބަދަލުގައި ބަލަންވީ ދިމާވެފައިވާ ހުރަސްތަކާއެކީގައި ބައްޔާއެކީގައި ފުރިހަމަ ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތް ކުރުންކަމަށެވެ." ކެންސަރ ޖެހުމުން ނިންމީ ކެންސަރުބަލިގައި ކަނަކަށް ވަދެ ނުވަތަ އެނދުމަތީގައި އޮވެ ނުވަތަ ރަޖާގަނޑެއްގެ ދަށުގައި އޮވެ މަރުވެގެން ދާމީހަކަށް ނުވުމަށް. އަޅުގަނޑުގެ އަޒުމަކަށްވީ އެންމެ ފަހުގެ ވަގުތާއި ޖެހެންދެންވެސް ދުނިޔޭގެ ތެރޭގައި އާދައިގެ މީހުން  އުޅޭ ފަދައިން އުޅޭ މީހަކަށް ވުންކަމަށް" ޝަކީލާ ވިދާޅުވިއެވެ.ބްރެސްޓް ކެންސަރ އާއި ގުޅުވައިގެން ހިންގާ ހަރަކާތްތަކާއި ގުޅެ މައުލޫމާތުދެއްވަމުން ކެންސަރ ސޮސައިޓީގެ ޗެއަރ ޕާސަން ޖުވޭރިޔާ ސައީދު ވިދާޅުވީ މިދުވަސް ފާހަގަކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.ބްރެސްޓް ކެންސަރ އަށް ސްކުރީން ކުރުމުގެ ޕްރޮގްރާމެއް 3 އަތޮޅެއްގައި ކުރިޔަށް ގެންެގޮސްފައިވާކަމަށް ޖުވޭރިޔާ ވިދާޅުވިއެވެ.ބްރެސްޓް ކެންސަރ ދެނެގަނެވޭނެގޮތާއި ބަލިން  ރައްކާތެރި ވެވޭނެގޮތް މި ކުރިޔަށް ޕްރޮގްރާމްގެ އަލީގައި ކިޔާދެވޭނެކަމަށް ކެންސަރ ސޮސައިޓީން މައުލޫމާތުދެއެވެ