ސިއްހަތު

ސުޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން މިހަފްތާގައި ދ. އަތޮޅަށް


ސުޕަރ ސްޕެޝަލިސްޓު އަދި ސްޕެޝަލިސްޓު ޑޮކްޓަރުންނާއި މި ހަފްތާގައި ދ. އަތޮޅުގައި ބަލިމީހުން
ބައްލަވަން ފަށާނެ ކަމަށް އާސަންދަ ކޮމްޕެނީއިން ހާމަކުރައްވައިފިއެވެ. 

އާސަންދަ ކޮމްޕެނީއިން މައުލޫމާތު ދީފައިވާ ގޮތުގައި ޑޮކްޓަރުންގެ ޓީމުން މިމަހުގެ 13،14 މި ދެ ދުވަހު ދ. އަތޮޅުގައި ބަލި މީހުން ބައްލަވަން ހަަމަޖެހިފައިވާ ކަމަށާއި
ޑޮކްޓަރަށް ދެއްކުމަށްޓަކައި ބަލިމީހުން މިހާރު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ. ޕަބްލިކް ސަރވިސް މީޑިޔާ،
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އާސަންދަ ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖަރ އާއިޝަތު
ޒަމީރާ ވިދާޅުވީ، ދ. އަތޮޅުގައި ބައްލަވާ ޑޮކްޓަރުންގެ ޓީމު މާދަމާގެ ވަގުތެއްގައި
ރާއްޖެެއައުމަަށް ހަމަޖެހިފައިވާ ކަމަށެވެ.

ޒަމީރާ ވިދާޅުވީ، ސްޕެޝަލިސްޓުންނާއި
ސުޕަރ ސްެޕެޝަލިސްޓުންގެ ޚިދުމަތް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް
ހިންގާ ޕްރޮގްރާމް މި މަހުގެ ނިޔަލަށް މުޅި ރާއްޖޭގައި ހިންގާ ނިމޭނެ ކަމަށެވެ. 

އާސަންދަ ކޮމްޕެނީއިން ބުނީ، މި ޕްރޮގްރާމްގެ ތެރެއިން ދިވެހިންގެ ތެރޭގައ
މައިބަދައިގެ މައްސަލަތަކާއި، ކަރުންމަތީގެ ބަލިތަކަށް ދައްކާ ބަލިމީހުންގެ
އަަދަދު ގިނަ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ތަފާތު 18 ދާއިރާއަކުން ޑޮކްޓަރުން
ގެނެސްފައިވާއިރު، އޭގެެ ތެރޭގައި ނާރުގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި،
ކެންސަރާ ލޭގެ ބަލިތަކުގެ އިތުރުން ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުން ހިމެނޭ
ކަމަށް އާސަންދަ ކޮމްްޕެނީއިން މައުލޫމާތު ދެއްވާފައިވެއެވެ.

މިޕްރޮގްރާމްގެ ދަށުން މިހާތަނަށް 83 ޑޮކްޓަރަކު ރާއްޖެއަށް ޒިޔާރަތްކޮށް، 5787 ބަލިމީހަކު ބަލާފައިވާ ކަމަށް އާސަންދަ ކޮމްޕެނީއިން މައުލޫމާތު ވަނީ މައުލޫމާތު ދެއްވާފައެެވެ.