ޚަބަރު

ލިފްޓް ގޮޅިން ވެއްޓި އަނިޔާވި ތުއްތު ކުއްޖާ ނިޔާވެއްޖެ


ހ. ފެންނާގޭ ހަވަނަ ބުރީގެ ލިފްޓް ގޮޅިން ބިންމައްޗަށް ވެއްޓި އަނިޔާވި ތުއްތު އަންހެން ކުއްޖާ ނިޔާވެއްޖެއެވެ.އޭޑީކޭ ހޮސްޕިޓަލުން ބުނީ ތުއްތު ކުއްޖާ ނިޔާވީ އޭނާގެ ބޮލަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ދެމުން ދަނިކޮށް މިއަދު  ހެނދުނު 9:30ގައި ކަމަށެވެ. ނިޔާވި ކުއްޖާގެ ހާލު ސީރިއަސްވުމުގެ ސަބަބުން  ރޭ ވަނީ އެކުއްޖާގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ.  ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން އޭ.ޑީ.ކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު އައްފާލް ވިދާޅުވީ، އިއްޔެ ހިނގި ހާދިސާގައި އަނިޔާވި 57 އަހަރުގެ އަންހެން މީހާއަށް މާބޮޑު ގެއްލުމެއް ވެފައިވާކަމަށް ޓެސްޓުތަކުން ނުދައްކާ ކަމަށާއި، އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް ތުއްތު ކުއްޖާގެ ބޮލަށް ބޮޑެތި ގެއްލުންތަކެއްވެ، ވައަތު ފައިގެ ކަށިގަނޑު ބިންދައިގެން ގޮސްފައިވާކަމަށް ޑޮކްޓަރުން ބުފެނެފައިވާ ކަމަށެވެ. ފުލުހުން ބުނީ އިއްޔެ މެންދުރު 12:30 އެހާއިރު ހިނގި އެހާދިސާ ހިނގި ގޮތް ބަލަމުންދާ ކަމަށެވެ.