ކުޅިވަރު

ފްރީގައިޒް ވޮލީ މުބާރާތުގެ ދެވަނަ މެޗް ދަޑިމަގު ކާމިޔާބުކޮށްފި


ފްރީގައިޒް ފުވައްމުލަކު ވޮލީ ބޯޅަ މުބާރާތުގެ އަންހެން
ޑިވިޝަންގެ ދެވަަނަ މެޗް ދަޑިމަގު ރަނިން ކާމިޔާބުކޮށްފި. 

ފޯރިގަދަ ކުޅުމެއް
ފެނިގެންދިޔަ މިމެޗް ދަޑިމަގު ކާމިޔާބުކުރީ އެކުވެރި ފުނާޑާ ވާދަކޮށް ތިން ސެޓް
އެއްސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ކާމިޔާބުކުރީ ފުނާޑެވެ.
ފުރަތަމަ ސެޓް ފުނާޑު ކާމިޔާބުކުރީ ހަތާވީސް ފަންސަވީހުންނެވެ.

 ނަމަވެސް އިންޑިއާގެ
ޤައުމީ ޓީމްގައިވެސް ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިޔާ ތިޖާގެ މޮޅު ކުޅުމާއެކު
ޖެހިގެން އައި ތިން ސެޓް ދަޑިމަގު ކާމިޔާބުކުރިއެެވެ. ދަޑިމަގު ސެޓްތައް ހޯދީ
ފަންސަވީސް އަށާރަ، ހަތާވީސް ފަންސަވީސް އަދި ފަންސަވީސް އެކާވީހުންނެވެ. 

މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަޑިމަގުގެ އިންޑިއާގެ ކުޅުންތެރިޔާ ތިޖާ ރާޖެވެ.
މިމުބާރާތުގެ އަންހެން ޑިވިޝަންގައި ވާދަކުރަނީ 6 ޓީމެވެ.