ނިއުރޭޑިއެންޓްގެ ކޯޗް ކަމަށް ތަޖިކިސްތާން ޓީމްގެ ކުރީގެ ކޯޗް ނިކޮލާ
ކަވަޒޮވިޗް ހަމަޖައްސައިފި. ސަރބިއާއަށް އުފަން ކަވަޒޮވިޗް މިހަފްތާގެ ހޯމަ ދުވަހު
ޓީމާ ހަވާލުވާނެކަމަށް ނިއުރޭޑިއެންޓުން މަޢުލޫމާތުދެއެވެ.
ނިއުރޭޑިއެންޓަށް އާ
ކޯޗެއް ހަމަޖައްސާފައި މިވަނީ އެޓީމަށް އެންމެ ފަހުން އިރުޝާދުދިން ސަބާހު
މުހައްމަދު ނިމިގެންދިޔަ ޕްރެޒިޑެންޓް ކަޕް ފައިނަލަށް ފަހު މަޤާމުން އިސްތިޢުފާ
ދިނުމާ ގުޅިގެންނެވެ. ކަވަޒޮވިޗް ވެގެންދާނީ މިއަހަރު ނިއުރޭޑިއެންޓަށް އިރުޝާދުދޭ
ހަތަރުވަނަ ކޯޗަށެވެ.
ނިމިގެންދިޔަ ޕްރެޒިޑެންޓްކަޕާ ލީގުގެ ބައެއް މެޗްތައް އަދި
އޭއެފްސީކަޕްގެ ބައެއް މެޗްތަކުގައި ނިއުރޭޑިއެންޓަށް އިރުޝާދުދިނީ ތަޖުރިބާކާރު
ޑިފެންޑަރ ސަބާހު މުހައްމަދެެވެ. ސަބާހުގެ އިރުޝާދުގެ ދަށުން ނިއުރޭޑިއެންޓްވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ.
އަލަށް ހަވާލުވި ސަރބިއާގެ ކަވަޒޮވިޗްގެ އިރުޝާދުގެ ދަށުން
ނިއުރޭޑިއެންޓް އެންމެ އަވަހަށް ނިކުންނަށް ޖެހޭނީ ލީގުގެ މެޗްތަކަށެވެ.