ޚަބަރު

މެސީގެ ހަމައެކަނި ގޯލްއިން ބާސެލޯނާއިން ލެވަންތޭގެ މައްޗަށް ކުރި ހޯދައިފި


މެސީގެ ހަމައެކަނި ގޯލްއިން ބާސެލޯނާއިން ލެވަންތޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް ފެނިގެންދިޔައީ މެޗްގެ ދެވަނަ ހާފްގެ 76ވަނަ މިނެޓްގައެވެ. މެޗްގައި ބާސެލޯނާއަށް ގޯލް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތަކެއް ލިބިގެންދިޔައީ މާޓިން، ކްލެމެންޓް، ޖޯޓީ އަލްބާ އަދި އެންޓޮން ގްރީޒްމަންއަށެވެ. ނަމަވެސް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން މިކުޅުންތެރިންނަށްވަނީ ހިފޭގޮތް ނުވިއިރު، ލެވަންތޭގެ ގޯލް ކީޕަރު ފެނާންޑޭޒްވަނީ ގިނަ ހަމަލާތައް ދިފާއުކޮށްފައެވެ.

މިމެޗްއިން ލިބުނު ޕޮއިންޓާއެކު ބާސެލޯނާވަނީ ތާވަލްގެ 8ވަނައަށް ޖެހިލާފައެވެ. އެއީ ބާސެލޯނާއިން ޖެހިޖެހިގެން މޮޅުވި ފަސްވަނަ ލީގް މެޗުކަން ފާހަގަކޮށްލެވެއެވެ. މިއީ ޗެންޕިއަންސް ލީގްގައި ޔުވެންޓާސް އަތުން ބަލިވިފަހުން އެޓީމްއަށް ލިބުނު މޮޅެކެވެ. މިއާއެކު ޓީމަށް ހިންހަމަ ޖެހުމެއް ލިބިފައިވާކަމަށް ބާސެލޯނާގެ ކޯޗް ރޮނާލްޑް ކޫމަންވަނީ ބުނެފައެވެ.