ކުޅިވަރު

ފްރީގައިޒް ވޮލީ މުބާރާތް ފުރަތަަމަ މެޗް މިސްކިތްމަގަށް


ފްރީގައިސް ފުވައްމުލަކު ވޮލީ ބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ފުރަތަމަ
މެޗް މިސްކިތްމަގު ޓީމް ކާމިޔާބުކޮށްފި.

 ހޯދަޑު ސްޕައިކާސްއާ ވާދަކޮށް މިސްކިތްމަގު
އެންމެންގެ ގުޅުން މެޗް ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތައް
މިސްކިތް މަގު ޓީމް ހޯދީ ފަންސަވީސް ބާވީސް، ފަންސަވީސް ނުވައެއް އަދި ފަންސަވީސް
ނަވާރައިންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މިސްކިތްމަގު ޓީމްގެ ނޭޕާލް
ކުޅުންތެރިޔާ ކޮޕިލާއެވެ.

 މިމުބާރާތުގައި ޖުމްލަ 12 ޓީމް ވާދަކުރެއެވެ. އެއީ އަންެހެން ޑިވިޝަންގައި 6 ޓީމް އަދި ފިރިހެން
ޑިވިޝަންގައި 6 ޓީމެވެ. ފިރިހެން ޑިވިޝަންގެ ކުޅުން ފެށުމަށް
ހަމަޖެހިފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ. 

މިއީ މިމަހު ފުވައްމުލަކުގައި ބާއްވާ ދެވަނަ ވޮލީ މުބާރާތެވެ. މިފަހަރުގެ މުބާރާތް އިންތިޒާމް ކުރަނީ ފުވައްމުލަކު އަތޮޅު ކައުންސިލުންނެވެ.