ޚަބަރު

ހ.ފެންނާގެ ލިފްޓު ގޮޅިއަށް ވެއްޓުނު ކުޑަކުއްޖާގެ ހާލު ސީރިއަސް!


ހ.
ފެންނާގޭ ހަވަނަ ބުރީގެ ލިފްޓް ގޮޅިން ބިންމައްޗަށް ވެއްޓުނު ތުއްތު
އަންހެންކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަށް ކަމަށް އޭ.ޑީ.ކޭ ހޮސްޕިޓަލުން ބުނެފިއެވެ.



ޕީ.އެސް.
އެމްއަށް މައުލޫމާތުދެއްވަމުން އޭ.ޑީ.ކޭގެ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ
އަހްމަދު އައްފާލް ވިދާޅުވީ، މިއަދުގެ ހިނގި ހާދިސާގައި އަނިޔާވި 57 އަހަރުގެ
އަންހެން މީހާއަށް މާބޮޑު ގެއްލުމެއް ވެފައިވާކަމަށް ޓެސްޓުތަކުން ނުދައްކާ
ކަމަށާއި، އޭނާގެ ހާލު ސްޓޭބަލް ކަމަށެވެ.

ނަމަވެސް ތުއްތު ކުއްޖާގެ ހާލު އަދިވެސް ވަރަށް ސީރިއަސް ކަމަށާއި، އެކުއްޖާގެ
ބޮލަށް ބޮޑެތި ގެއްލުންތަކެއް ވެ، ވައަތު ފައިގެ ކަށިގަނޑު ބިންދައިގެން
ގޮސްފައިވާކަން ޑޮކްޓަރުން ބުފެނެފައިވާކަމަށް އައްފާލު ވިދާޅުވިއެވެ. 

ފުލުހުން ބުނީ މިއަދު
މެންދުރު ބާރަގަޑި ތިރީސް އެހާއިރު ހިނގި މި ހާދިސާ ހިނގިގޮތް
މިހާރު ބަލަމުންދާކަމަށެވެ.