ޚަބަރު

މަނަފަރުގައި ރޯވެފައިވަނީ އިންޖީނު ގޭގައި ސާމާނު ލާފައިހުރި ގުދަނެއްގައި


މަނަފަރުގައި އަލިފާންރޯވެފައި ވަނީ އިންޖީނު ގޭގައި އުސްކޮށް ހަދާފައި ސާމާނު ލާފައިހުރި ގުދަނެއްގައި ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައިފިއެވެ.

އަލިފާނުގެ މިހާދިސާގައި ޖެނެރޭޓަރާއި ޕެނަލް ބޯޑުގެ އިތުރުން ޖެހިގެން ހުރި އިމާރާތުގައި ހުރި ފެން ޕްލާންޓަކަށް ގެއްލުންވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވީ އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 03:35 އެހާކަންހާއިރުކަމަށެވެ. އަދި އެމްއެންޑީއެފްގެ ނޮދަރން އޭރިއާގެ ކުޅުދުށްފުށީ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ރޯވި އަލިފާންގަނޑު 05:45 އެހާކަންހާއިރު ކޮންޓްރޯލްކޮށްފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.