ޚަބަރު

ސްޕޯޓްސް ކޯޕަރޭޝަނާއި އެޗްޑީސީއިން ކުޅިވަރުގެ ދާއިރާގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި ކުޅިވަރުގެ ޕްރޮގްރާމްތައް ހިންގުމަށް ހައުސިން ޑިވޮޮލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ) އާއި ސްޕޯޓްސް ކޯޕަރޭޝަން ގުޅިގެން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދެ ކޯޕަރޭޝަން ގުޅިގެން ސޮއި ކުރި މި އެއްބަސްވުމަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި ހުރި ބިންތަކާއި އެޗްޑީސީގެ ދަށުގައި ހުރި ބިންތަކުގައި ތަރައްގީކުރާ ކުޅިވަރު ވަސީލަތްތައް ތަރައްގީ ކުރުމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށްކަމަށް ސްޕޯތްސް ކޯޕަރޭޝަނުން މަޢުލޫމާތުދެއްްވިއެވެ. އަދި ކޯޕަރޭޝަންގެ ފަރާތުން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ދިރާސާތައްވެސް ދެ ފަރާތަށް އެންމެ ފައިދާވާނެ ގޮތުގައި ބޭނުން ކުރުމާއި ދުޅަހެޔޮ ހަށިހެޔޮ ސިއްޔަތެއްގައި ރައްޔިތުން ބޭތިއްބުމަށް ކުޅިވަރުގެ ތެރެއިން ކަސްތަރު ކުރެވޭނެ އިންތިޒާމު ފަހިކޮށްދިނުންވެސް މި އެއްބަސްވުމުގައި ހިމެނޭކަމަށް ސްޕޯޓްސް ކޯޕަރޭޝަނުން މަޢުލުމާތުދެއެވެ.

މިއެއްބަސްވުމުގައި ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަހުމަދެވެ. ސްޕޯޓްސް ކޯޕަރެޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހުމަދެވެ. މިއެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މައުރޫފް އަހުމަދު ވިދާޅުވީ ގްރޭޓަރ މާލެ ސަރައްހަދުގައި މިހާރަކަށް އަައިސް ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރައްޔިތުން މަސައްކަތް ކުރަމުންދާތަން ފެންނަކަމަށާއި މިއެއްބަސްވުމުގެ ދަށުން އާންމުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ވިސްނުމަށްފަހު ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމަށް ދެ ކޯޕަރޭޝަންގެ މެދުގައި މަޝްވަރާ ކުރެވިގެންދާނެކަމަށް މައުރޫފް ވިދާޅުވި.

"މިސަރުކާރުގެ ވަރަށް ބޮޑު އަމާޒްއެއް ހަށިހެޔޮ ދުޅަހެޔޮ ސިއްހަތެއްގައި އާންމު ރައްޔިތުން ބޭއްތިބުން. ރާއްޖޭގެ ކުޅިވަރު ސިޔާސަތުތަށް ތަންފީޒު ކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިސަރުކާރުން ކުރަމުންދާތަން އެބަފެނިގެންދޭ. ސަރުކާރުގެ މިސިޔާސަތާއި އެއްގޮތަށް ކުރިއަށްގެންދިއުމަށް ސްޕޯޓްސް ކޯޕަރޭޝަންއަކީ ވަރަށް މުހިންމު އެއް ގުނަވަން. އަޅުގަނޑުގެ އުއްމީދަކީ މިސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ހާއްސަކޮށް މިގްރޭޓަރ މާލޭ ސަރައްހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ރަގަނޅު ފެންވަރުގެ އެކިއެކި ލެވެލްތަކުގެ ކުޅިވަރު ވަސީލަތްތަށް ގާއިމްވެގެން ދިއުން." ސްޕޯޓްސް ކޯޕަރޭޝަންގެ އެމްޑީ މަރުރޫފް ބުންޏެވެ.

ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަންގެ އެމްޑީ ސުހެއިލް އަހުމަދުދު ވިދާޅުވީ ހުޅުމާލޭގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރާއިރު، ސްޕޯޓްސް ކޯޕަރޭޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ ކުޅިވަރުގެ ދާއިރައިން ގިނަ ތަޖްރިބާ ލިބިފައިވާ ބޭފުޅުންނަށް ވުމުން، ހުޅުމާލޭގައި މީގެ ފަހުން ގާއިމުކުރާ ކުޅިވަރުގެ ވަސީލަތްތައް ތަރައްގީ ކުރުމުގައި ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ލިބިގެންދާނެކަމަށް ސުހެއިލް ވިދާޅުވިއެވެ.

"ހުޅުމާލެއަކީ އަދި އާބާދުވަމުން އަންނަ ރަށެއް. މިރަށުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކަށް ބޭނުންވާ ކުޅިވަރު ވަސީލަތްތަކާއި ކަސްރަތުގެ ވަސީލަތްތަށް ޕްލޭން ކުރެވިގެން ތަރައްގީ ކުރެވިގެން މިދަނީ. މިއެއްބަސްވުމުގެ ދަށުން މުސްތަގްބަލްގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު އެހިއަކަށް މިއެއްބަސްވުން ވެގެންދާނެ. އަދި އޭގެ އިތުރަށް ހުޅުމާލޭގައި ތަރައްގީ ކުރެވެންހުރި ކުޅިވަރުގެ އެކިއެކި ވަސީލަތްތަށް ތަރައްގީ ކުރުމުގައި ސްޕޯޓްސް ކޯޕަރޭޝަންގެ ލަފާ އެޗްޑީސީއިން ހޯދަމުން ގެންދާނަން." އެޗްޑީސީގެ އެމްޑީ ސުހެއިލު ވިދާޅުވި.

މިއެއްބަސްވުމާއިއެކު ހުޅުމާލެ އަދި މުޅި ދިވެހިރާއްޖޭގައި ހިންގޭ ޕްރޮގްރާމްތަކާއި ތަފާތު ފެނިގެންދާނެކަަމުގެ ޔަގީންކަން ސްޕޯޓްސް ކޯޕަރޭޝަނުން ދީފައިވެއެވެ.