ސިޔާސީ

ރިޔާސީ ލޯންޗުގަ ހިނގި ހާދިސާ ވަކި މީހަކާއި ގުޅުވުން ރަނގަޅެއްނޫން


ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ލޯންޗުކޮޅަށް ދިންޙަމަލާއަކީ ވަރަށް ސީރިއަސް މައްސަލައެއްލައެއްކަމަށާއި މިހަމަލާގެ ތުހުމަތު ވަކި މީހެއްގެ ބޮލުގައި އަޅުވައިގެން ވާހަކަ ދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށް އެމްޑީއޭގެ ނައިބުރައީސް އަލީ މަޢުރޫފް ވިދާޅުވެއްޖެއެވެ.މަޢުރޫފް މިހެންވިދާޅުވީ މިއަދު އެމްޑީއޭގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.މައުރޫފް ވިދާޅުވީ މިމައްސަލައާއި ގުޅިގެން އެއްވެސް މީހަކާއި ދިމާލަށް އިނގިލި ދިއްކޮށް ނުހެދުމަށާއި ސޯޝަލް މިޑިޔާގައި ހިޔާލީ ވާހަކަތައް ނުދެއްކުމަށްް އެދިވަޑައިގަންނަވާކަމަށެވެ. މީގެ އިތުރުން މައުރޫފް ވިދާޅުވީ ރައީސުލް ޖުމުހޫރިއްޔާގެ ހާއްސަ ލޯންޗްކޮޅަށް އަރާ ކޮންމެ ކޮންމެ ބަޔަކަށް މިފަދަކަމެއް ކުރުމަކީ ފަސޭހަކަމެއް ނުންކަމަށާއި މިއީ ވަރަށް ދުރާލާ ރޭވިގެން ކޮށްފައިވާކަމެއްކަމަށެވެ.ކުޑަހުވަދޫދާއިރާގެ މެމްބަރު އަދި އެޕާޓީގެ ނައިބް ލީޑަރ އަހްމަދު އާމިރު ވިދާޅުވީ، އެމްޑީއޭގެ ލީޑަރ ހުންނެވީ ވަރަށް ސާބިތުކަމާއެކުގައި ކަަމަށާއި އަދުގެ ސަރުކާރު ނަަގަހައްޓާ ދެމެހެއްޓުމަށް ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާ ނެކަމަށެވެ.އަދި ކުރިޔަށް އޮތްތަނުގައި މިފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ސަލާމަތީ ބާރުތައް މިއަށްވުރެއް ވަރުގަދަކޮށް އަދި ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތެއްް ކުރުމަށް އެޕާޓީން ގޮވާލާފައިވެއެވެ.މީގެއިތުރުން، ދިވެހި ދައުލަތަކީ މިނިވަން ދައުލަތަކަށް ވީހިނދު، ދައުލަތުން ގާނޫނު ތަންފީޒްކުރުމަށްޓަކައި ކުރަމުންދާ މަސައްކަތައް ހުރަސްއަޅާ – އިދިކޮޅު ފަރާތްތަކުން ރާއްޖެއާމެދު ދަތިކުރުމުގެ ފިޔަވަޅުއަޅަން ގޮވާލާ ގޮވާލުމަކީ ގައުމަށް އިހުލާސްތެރިބަޔަކު  ކުރާނެކަމެއް ނޫންނަކަމަށްވެސް އާމިރު ވިދާޅުވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ރައްޔިތުންގެ މަޖިލީހުން ގާނޫނެއް ފާސްކުރެވި އެފަދަ ގޮވާލުންތައް ގޮވާލާ ފަރާތްތަކާދޭތެރޭ ހަރުކަށި ފިޔަވަޅު އެޅޭނެ ގާނޫނީ ހަމަތަކެއް ހޯދުމަކީ އެޕާޓީން ވަރަށްބޮޑަށް ބާރުއަޅާނެކަމެއްކަމަށްވެސް އާމިރު ވިދާޅުވިއެވެ.