ޚަބަރު

އަމީރު އަހުމަދު މަގުގެ ޓްރެފިކަށް ބަދަލު ގެނެސްފި


އަމީރު އަހުމަދު މަގުގެ ވަކި ސަރަޙައްދެއްގެ ޓްރެފިކަށް ބަދަލު ގެނެސްފިއެވެ. މާލެ ސިޓީ ކައުންސިލުން ވިދާޅުވީ ބަދަލު ގެނެސްފައިވަނީ އަމީރު އަޙުމަދު މަގުގެ، ޝަހީދު އާދަމް ނަސީރު ހިނގުމުން ފެށިގެން ހުޅަނގަށް، ޖުމްހޫރި ހިނގުމާއި ހަމައަށް އޮންނަ ސަރަޙައްކަމަށެވެ.

މި ސަރަޙައްދުގައި ހުޅަނގަށް ދުއްވޭގޮތްހަދައި، މިހާރުވަނީ ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ. މަގުގެ އެ ސަރަޙައްދު ކުރިން ބޭނުންކުރީ އިރަށް ދުއްވާ ސަރަޙައްދެއްގެ ގޮތުގައެވެ. ޓްރެފިކަށް ބަދަލުގެނައި ސަރަޙައްދަކީ ޣާޒީ ބިލްޑިންގ ކުރިމަތިން އޮންނަ ސަރަޙައްދެވެ.

މިގޮތަށް ޓްރެފިކަށް ބަދަލުގެންނަނީ، މަގުތައް ބޭނުންކުރުމުގައި އާއްމުންނަށް ލުއިފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ކަމަށްވެސް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.