ޚަބަރު

ޑަބްލިއު އެސް އޭ ހޭންޑް ބޯލް ބެޓްލް 2020 ގެ ޗެންޕިއަންކަން ފެމެލީބޭކަރ ހޯދައިފި


ޑަބްލިއު އެސް އޭ ހޭންޑްބޯލް ބެޓްލް 2020 ގެ އަންހެން އަދި ފިރިހެން ޗެންޕިއަންކަން ފެމެލީބޭކާރ ހޯދައިފިއެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލްކުރީ އަންހެންޑީވިޝަންގެ ފެމެލީބޭކަރ އަދި ނޮޅިވަރަމްއެވެ. މިމެޗް 3 ލަނޑު 9 ލަނޑުން ކާމިޔާބުކޮށް އަންހެން ޑިވިޝަންގެ ޗެންޕިއަންކަން ހޯދީ ފެމެލީ ބޭކަރސްއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކާރސްގެއާމިނަތު ހިބާ ފައިސަލްއެވެ.

ފިރިހެން ޑިވިޝަންގެ ފައިނަލްގައި ނިއުއޭޖް އެސް ސީ އަދި ފެމެލީ ބައްދަލްކޮށް 8 ލަނޑު 10 ލަނޑުން މެޗް ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދީ ފެމެލީބޭކާރސްއެވެ. މިމެޗްގެ މޮޅުކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކަރސްގެ އަހްމީމް އަލީ އެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފެމެލީ ބޭކަރސްގެ އާމިނަތު ހިބާ ފައިސަލްއެވެ. އަދި އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ރަނިކަ ޓީމްގެ ފާތިމަތު ޝަރުވާއެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ނޮޅިވަރަމް މައުސޫމާ އަބްދުއްރަހީމް ، ފެމެލީބޭކަރސްގެ ފާތިމަތު ނިއުޝާ ، ނޮޅިވަރަމްގެ ރީޝާ އަހުމަދު އަނީލް ، ނޮޅިވަރަމްގެ މުޒްނާ އިބްރާހިމް ،ރަނިކައިގެ އައިޝަތު ރިސްމާ ، ފައިވްގެ އައިޝަތު މައިހާ އާއި އެޓީމުގެ ފާތިމަތު ޔާސިންއެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅުކުޅުންތެރި އަކަށް ހޮވިފައިވަނީ ފެމެލީބޭކަރސް އަހުމަދު ސައިފް ނައީމްއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިއުއޭޖް އެސް ސީ ގެ އިބްރާހިމް ހަސަން އެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 7 ކުޅުންތެރިންނަށް ހޮވިފައިވަނީ ފެމެލީބޭކަރސްގެ އަހުމީމް އަލީ ، ފެމެލީބޭކަރ އިސްމާއިލް ފަރުހާން ، ފެމެލީބޭކަރ މުހައްމަދު އިހްސާން ، ނިއުއޭޖް އެސް ސީ ގެ ފަތުހުﷲ އާދަމް ، ނިއުއޭޖް އެސް ސީ ގެ ޝަމްނޫޒް މުހައްމަދު ، ޓީމް އަލްފާގެ އާދަމް އަމީލް އަމީން އަދި ޒިގްޒެގް ގެ އަބޫބަކުރު އަލީއެވެ.

މިމުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަންގެ ރަނަރަޕް ޓީމަށް 1500 ރުފިޔާގެ ފައިސާގެ އިނާމާ މެޑަލް އަދި ޓްރޮފީ ދީފައިވެއެވެ. އަދި ދެޑިވިޝަންގެ ޗެންޕިއަން ޓީމަށް 300 ރުފިޔާގެ ފައިސާގެ އިނާމާ މެޑަލް އަދި ޓްރޮފީ ދީފައިވެއެވެ.

މިމުބާރާތް ނިންމުމުގެ ރަސްމިޔާތުގައި ޖެނުއަރީމަހު ފަށާ އެހެން މުބާރާތެއްވަނީ އިއުލާންކޮށްފައެވެ. އެއީ ލިޔާ ޑަބްލިއު އެސް އޭ ކުޅުދުއްފުށީ ބެޑްމިންޓަން ސީރީޒް 2021 އެވެ. 18 އަހަރުން މައްޗަށް އަމާޒުކޮށްފައިވާ މިމުބާރާތް ފެށޭނީ އަންނަ ޖެނުއަރީ މަހުއެވެ.