ސަރުކާރުގެ ސިޔާސަތު ހާމަކުރައްވާ އޭގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ވަފްދެއް ބ. އަތޮޅުގެ ސްކޫލުތަކަށް އިއްޔެ ދަތުރު ފަށައިފިއެވެ. މި ދަތުރުގައި އިއްޔެ ބ.ދަރަވަންދޫގައި ހުންނަ ބ.އަތޮޅުމަދަރުސާއަށް ވަނީ ޒިޔާރަތްކޮށްފައެވެ.ބ.ދަރަވަންދޫގައި ހުންނަ ބ.އަތޮޅުމަދަރުސާއަށް ޒިޔާރަތްކޮށް އެސްކޫލުގެ ސީނިއަރ މެނޭޖްމެންޓާއި ޓީޗަރުންނާއި ސްކޫލް ބޯޑާއި އަދި ޕީޓީއޭގެ ހިންގާ ކޮމެޓީއާއި ބައްދަލުކޮށްފައިވެއެވެ. މީގެ އިތުރުނުް ރަށު ކައުންސިލް މެންބަރުުންނާއި ޕްރީ ސްކޫލުގެ ޓީޗަރުންނާއި ބެލެނިވެރިންވެސް ވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ވަފްދުުގެ މެންބަރުންނާއި ބައްދަލުކޮށްފައެވެ.މި ދަތުރުގައި އެމިނިސްޓްރީގެ ދަސްވާރު ޕްރޮގްރާމާއި ބީޓެކް ސްޓްރީމާއި ބެހޭ މައުލޫމާތު ދަރިވަރުންނާއި ބެލެނިވެރިންނާއި ހިއްސާކުރައްވާފައިވާކަމަށް އެޑިޔުކެޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.ލައިފް ސްކިލް އާއި ބެހޭ ގޮތުން ޓީޗަރުންނަށް މައުލޫމާތު ހިއްސާކޮށްފައިވާކަމަށް އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީން ވަނީ ސަރުކާރުން ގެންގުޅުއްވާ ތައުލީމީ ސަިޔާސަތުގެ މައުލޫމާތާއި އަދި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު އެ ފަރާތްތަކާއި ހިއްސާކޮށްފައިވެއެވެ.އިއްޔެ އިން ފެށިގެން 4 ދުވަހުގެ ނިޔަލަށް ކުރާ މިދަތުރުގައި ބ އަތޮޅުގެ ހުރިހާ ރަށެއްގެ ސްކޫލުތަކަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.