ޚަބަރު

ވެރިފަރާތަށްނޭނގި އެކައުންޓަކުން ފައިސާނެގި މީހަކު ހޯދަނީ


ވެރިފަރާތަށް ނޭނގި އޭޓީއެމް މެދުވެރިކޮށް އެކައުންޓަކުން ގިނަ ޢަދަދެއްގެ ފައިސާ ނަގާފައިވާކަމަށް ތުހުމަތު ކުރެވޭ މީހަކު ހޯދުމަށް ފުލުހުން ފޮޓޯ އާންމު ކޮށްފިއެވެ.ފުލުހުން ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން މި މީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ މީނާ ހޯދުމުގައި ރައްޔިތުންގެ އެހީތެރިކަން ބޭނުން ވާކަމަށެވެ. ފުލުހުންގެ ތަހުޤީގަށް ހޯދަމުން އަންނަ މި މީހާ އޭޓީއެމް މެދުވެރިކޮށް ނަގާފައި ވަނީ ކިހާ ފައިސާއެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.މީނާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، އެ މަޢުލޫމާތެއް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 ނުވަތަ، އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓްގެ ނަމްބަރު 9790048 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.