ޚަބަރު

އައްޑު އަތޮޅުން ފެށިގެން ހައްދުންމައްޗަށް މޫސުން ގޯސްވާނެ


އައްޑު އަތޮޅުން ފެށިގެން ހައްދުންމައްޗަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުމާ ބެހޭ ޤައުމި އިދާރާއިން ވަނީ މި ސަރަހައްދަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ފަތިހު ފަހެއް ޖެހުމާ ހަމަޔަށް ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން ވިދާޅުވީ ހައްދުންމަތިން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކާހަމައަށް ގުގުރުމައެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭކަމަށާ، ގަޑިއަކޫ 19 މޭލާއި 24 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެކަމަށްވެސް ލަފާކުރެވޭކަމަށެވެ.

މުސޫމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި މާދަމާ ހެނދު 10 ޖެހުމާ ހަމަޔަށް ދެކުނު އަތޮޅުތައް ފިޔަވައި ދެން ހުރި އެހެން ހިސާބުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުން ވިދާޅުވެއެވެ.

ދެކުނުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަ ވާނެކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލާފުކެއެވެ. އެއިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަަކީ އެކަށީގެން ވާ ކަމެއްކަމަށާ، ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފުޓު ހުންނާނެކަމަށެވެ.