ޚަބަރު

އިމިގްރޭޝަނުން ވައްކަންކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި


ޑިޕާޓްމަންޓް އޮފް
އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާރޓްމަންޓުން 4 ލައްކައަށްވުރެ ގިނަ
ރުފިޔާ ވަގަށްނެގި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް
ފުލުހުން ބުނެފިއެވެ.



މި މައްސަލައާއި ގުޅިގެން
ހައްޔަރުކޮށްފައިވަނީ 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އަދި މި މީހާގެ ބަންދަށް، ކްރިމިނަލް ކޯޓުން 3 ދުވަސް ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

މިމަހުގެ 04 ވަނަ ދުވަހު ހިންގި މި ވައްކަމުގައި، އިމިގްރޭޝަންގެ ޕާމިޓް އެންޑް އެމްޕްލޯއިންމަންޓް ޑިވިޝަންގެ ކައުންޓަރުގެ ވަތްގަނޑުން 450،000 ރުފިޔާ ވަގަށް ނަގާފައިވެއެވެ.

މިމައްސަލަ ފުލުހުންގެ
ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ އިތުރަށް
ތަޙުޤީޤްކުރަމުންނެވެ.