ވިޔަފާރި

މޯލްޑިވިއަންގެ ހާއްސަ ފްލައިޓްތަކެއް އިންޑިއާގެ ކޮޗިންއަށް


އަންނަ އަހަރުގެ ފުރަތަމަ ހަތަރު ދުވަހު މޯލްޑިވިއަންއިން އިންޑިއާގެ ކޮޗިން އަށް ހާއްސަ ފްލައިޓުތަކެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ފްލައިޓުތައް ބޭއްވުމަށް ނިންމާފައިވަނީ ޖެނުއަރީމަހުގެ 1 ވަނަ ދުވަހުން 4 ވަނަ ދުވަހަށެވެ. މޯލްޑިވިއަންގެ މިދަތުރުތައް ބާއްވާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާ ކޮޗިންއަށެވެ.

މޯލްޑިވިއަންގެ ދަތުރުތައް ފެށުމަށް ބުކިންއަށް ހުޅުވާލާފައިވާއިރު، އެއްކޮޅު ޓިކެޓް ވިއްކަން ފަށާ އަގަކީ 126 ޑޮލަރު ނުވަތަ 1946 ރުފިޔާއެވެ.

މޯލްޑިވިއަންގެ ހާއްސަ ފްލައިޓުތަކެއް ކޮޗިންގއާއި މާލެ އާއި ދެމެދު ބާއްވަން ހަމަޖެހިފައިވާއިރު، ރާއްޖެ އަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމަކީ ވެސް އިންޑިއާއެވެ. މީގެ އިތުރުން މޯލްޑިވިއަނުން ދަނީ ރާއްޖޭގައި ޤަވާއިދާ ޙިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.