ޚަބަރު

ސެލޫނެއްގެ ގޮތުގައި ހިންގަމުން އައި ތަނަކުން 3މީހުން ހައްޔަރުކޮށްފި


ބިއުޓީ ސެލޫނެއްގެ ގޮތުގައި މާލޭގައި ހިންގަމުންދިޔަ ތަނަކުން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި3 މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 2ވަނަ ދުވަހުއެވެ.

ނަމަވެސް މިމީހުން ހައްޔަރުކޮށްފައިވަނީ ކޮންކަހަލަ މައްސަލައަކާއި ގުޅިގެންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ ބިއުޓީ ސެލޫނެއްގެ ޚިދުމަތްދޭ ތަނެއްގެ ގޮތުގައި މާލޭގައި ހިންގަމުންދިޔަ ތަނަކުން، ބިދޭސީ 2 އަންހެނަކާއި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށެވެ.

މި 3 މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދުގައި ބައިތިއްބައިގެން ތަޙުގީޤު ކުރިއަށްގެންދިއުމަށް 15ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަޙުޤީގު ކުރަމުންނެވެ.