ބާސެލޯނާގެ ކެޕްޓަން މެސީ ޕީއެސްޖީއަށް ގެންނަން އުޅޭ ވާހަކަތަކާއި ގުޅޭގޮތުން އެއްޗެއް ބުނަން ކުލަބުގެ ރައީސް ދެކޮޅު ހައްދަވައިފިއެވެ.
ޕީއެސްޖީގެ ރައީސް ނަސެރް އަލް ޚަލައިފީއަށް މެސީއާއި ގުޅޭ ސުވާލުތަކެއް ކުރިމަތި މިވީ އެކުލަބުގެ ފޯވަޑް ނޭމާ މެސީއާއި ގުޅޭގޮތުން ވާހަކަދައްކާފައިވާތީ.އެވެ ނޭމާވަނީ އަންނަ ސީޒަންގައި މެސީއާއިއެކު ކުޅުމަށް ބޭނުންވާކަމަށް ދާދިފަހުން ބުނެފައިވެއެވެ. ބާސެލޯނާ މިވަގުތު އޮތް ހާލަތަކާއި ކުލަބުގެ ހިންގުމުގެ ކަންކަމަށް ބަލާއިރު މެސީ އެކުލަބުގައި އިތުރު ސީޒަނަކަށް ހުރުމުގެ ފުރުސަތު ކުޑަކަމަށް ތަޖުރިބާކާރުން ގާބޫލުކުރެއެވެ. މެސީ ބާސެލޯނާ ދޫކޮށްލާނަމަ އޭނާ ގަތުމުގެ މާލީ ތަނަވަސްކަން ހުރި މަދު ކުލަބުތަކުގެ ތެރޭގައި ޕީއެސްޖީ ހިމެނެއެވެ.
ޕީއެސްޖީގެ ރައީސް ނަސެރް އަލް ޚަލައިފީ ވިދާޅުވީ މެސީ ޕީއެސްޖީއަށް ސޮއިކުރާ ވާހަކަ ދައްކަން ބޭނުންނުވާކަމަށާއި، މެސީއަކީ މިވަގުތު ބާސެލޯނާ ކުޅުންތެރިއެއްކަމަށެވެ. އަދި އެކަން އެގޮތަށް ބާއްވަން ގިނަ ބަޔަކު ބޭނުންވާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ކުރިން މެސީއާއިއެކު ބާސެލޯނާއަށް ކުޅުނު ނޭމާ މެސީއާއި އެކު ކުޅެން ބޭނުންވާ ވާހަކަދެއްކުމާއިއެކު ޕީއެސްޖީގެ ގިނަ ތަރިންތަކެއްވަނީ މެސީ ޕީއެސްޖީއަށް ސޮއިކުރާނެކަމަށް އުއްމީދުކުރާކަމަށް ބުނެފައެވެ.