 
					
									
			އިނގިރޭސިވިލާތަށް ދަތުރުކުރާ ވިޔަފާރިވެރިން ކަރަންޓީން ވާންނުޖެހޭ ގޮތަށް ލުއިތަކެއް ދީފިއެވެ. 
 
އިނގިރޭސިވިލާތުން ލުއި ދީފައިވަނީ، އިނގިރޭސިވިލާތުގައި އިންވެސްޓްކޮށްގެން އުޅޭ މަލްޓިނޭޝަނަލް 
ކުންފުނިތަކުގެ ވެރިންނާއި، އިނގިރޭސިވިލާތުގައި އިންވެސްޓްކުރުމަށް އަންނަ ވިޔަފާރިވެރިންނަށެވެ. 
އިނގިރޭސިވިލާތުން ވިޔަފާރިވެރިންނަށް ލުއިދޭން ނިންމާފައިވާއިރު، އެކަމަށް ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އެދަތުރުގެ ސަބަބުން 50 އަށްވުރެ މަދު ނޫން އަދަދަކަށް ވަޒީފާ އުފެއްދުން ނުވަތަ އެއަދަދަށް ވަޒީފާތައް އުވާނުލާ ހިފެހެއްޓުން ހިމެނެއެވެ. އަދި އެއް ލައްކަ ޕައުންޑްގެ އިންވެސްޓްމަންޓެއް ނުވަތަ އެވަރުގެ ވިޔަފާރި ޑީލެއް ނިންމުން ހިމެނެއެވެ. 
މިއުސޫލުގެ ދަށުން އިނގިރޭސިވިލާތުން ލުއި ދީފައިނުވާ ނުވަތަ ކޮރިޑޯރ ލިސްޓުގައި ނެތް ޤައުމުތަކުގެ ވިޔަފާރިވެރިން އެޤައުމަށް ޒިޔާރަތްކުރުމަށް ހުއްދަ ދޭނެއެވެ. އިނގިރޭސިވިލާތުން މިހާރު ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ކޮރިޑޯރ ލިސްޓުގައި ނެތް ޤައުމަކުން އަންނަ މީހުން 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހެއެވެ. 
ވިޔަފާރިވެރިންނަށް ކަރަންޓީންވުމަށް ލުއިތަކެއް ދޭން ނިންމާފައިވާއިރު، ދަތުރުގެ ކުރިން އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަކުރާނެކަން ކަށަވަރުކޮށްދޭ ސިޓީއެއް ހުށަހަޅަންޖެހެއެވެ.