ކުޅިވަރު

ވީޑިއޯ ގޭމްސް ވޯލްޑް ޗެމްޕިއަންޝިޕް ފަށައިގެން ކުރިއަށްދަނީ


ވޯލްޑް ސީރީސް އޮފް ވީޑިއޯ ގޭމްސް، ވޯލްޑް
ޗެންޕިއަންޝިޕް އަންގާރަ ދުވަހުގެ ރޭ ފަށައިފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓްގައި ފެށި
މިމުބާރާތުގައި ދުނިޔޭގެ އެންމެ މޮޅު ގޭމަރުން ބައިވެރިވާކަމަށް ވޯލްޑް ސީރީސް
އޮފް ވީޑިއޯ ގޭމްސްއިން މަޢުލުމާތުދެއެވެ.

މިމުބާރާތް ކުރިއަށްދާނީ 4 ބަޔަކަށް ބަހާލައިގެންނެވެ. މިމުބާރާތުގައި ރާއްޖެއިން ބައިވެރިވަނީ ފީފާ ފިފްޓީން އާއި ހާތު ސްޓޯންގައެވެ. ފީފާގައި
4 ބައިވެރިއަކު ރާއްޖެއިން ވާދަކުރާއިރު ހާތް ސްޓޯންގައި ރާއްޖެއިން
ބައިވެރިވާނީ 3 ބައިވެރިންނެވެ. މިމަހުގެ 10 ވަނަ ދުވަހާ ހަމައަށް ބަނޑޮސް
އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތް ބަލާލަން
ދިއުމުގެ ފުރުސަތު މިކަން އިންތިޒާމުކުރާ އީ ސްޕޯޓްސްގެ ފަރާތުން ހަމަޖައްސާނެކަމަށް އެފަރާތުން
މަޢުލާތުދެއެވެ. 

މިމުބާރާތުގެ ފީފާ ބައިން އެއްވަނަ ހޯދާ ކުޅުންތެރިއަކަށް 10،000 ޑޮލަރު ލިބޭނެއެވެ. އަދި އެހެން ހުރިހާ
ބަޔަކުން އެއްވަނައަށް ހުށައެޅިފައިވަނީ 20،000 ޑޮލަރުއެވެ.