ސިއްހަތު

ނައިފަރުގައި އަޅާ 5 ބުރީގެ ހޮސްޕިޓަލުގެ މަސައްކަތް ފަށައިފި


ޅ ނައިފަރުގައި އިމާރާތްކުރާ ފަސްބުރީގެ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށް ދާކަމަށް ހެލްތްމިނިސްޓްރީން ބުނެފިއެވެ.ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ މިދިޔަ ހަފްތާތެރޭގައި ހޮސްޕިޓާ އެޅުމަށް ބެނުންވާ ސަރަހައްދު ކޮންޓްރެކްޓަރާއި ހަވާލުކޮށްފައިވާކަމަށެވެ. އަދި މި ހޮސްޕިޓަލަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިޔަށްގެންދާ ޕްރޮޖެކްޓެއްކަމަށާއި މި މަސައްކަތައް 45 މިލިޔަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާކަމަށް ގާސިމް ވިދާޅުވިއެވެ.މި ހޮސްޕިޓަލުގެ މަސައްކަތްނިމި ޚިދުމަތް ދޭން ފަށާއިރު، ހޮސްޕިޓަލުގެ ފުރަތަމަބުރީގައި ޑެންޓަލް ޑިޕާޓްމެންޓަކާއި ކޮންސަލްޓޭޝަން ރޫމް ހުންނާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ދެވަނަ ބުރީގައި ބަލިމީހުން ގެ 6 އެނދުގެ ވޯޑަކާއި 8 އެންދުގެ ވޯޑެއްގެ އިތުރުން ޓްރީޓްމެންޓްރޫމެއް ހުންނާނެކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.މީގެ އިތުރުން ހޮސްޕިޓަލުގެ ހަތަރުވަނަބުރީގައި 8 ޕްރައިވެޓް ރޫމް ޤާއިމް ކުރުމަށް ހަމަޖެހިފައިވާއިރު ފަސްވަނަ ބުރީގައި އޮޕަރޭޝަން ތިއޭޓަރެއް ޤާއިމް ކުރުމަށް ހަމަޖެހިފައިވާކަމަށްވެސް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.މި ހޮސްޕިޓާގެ މަސައްކަތް ނިމުމުން ހިދުމަތްދިނުމުގައި ފަސޭހަތަކެއް ވެގެންދާނެކަމަށާއި ޖާގައިގެގޮތުން ފަސޭހަވެގެންދާނެކަމަށް ގާސިމް ވިދާޅުވިއެވެ.މި ހޮސްޕިޓާ އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ އެލިޔާ ކޮންސްޓްރަކްޝަނާއިއެވެ.މި ސައްކަތް 1 އަހަރުދުވަހުގެ ތެރޭގައި ނިމި ޚިދުމަތް ދެވިގެންދާނެކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.