މިދުވަސްވަރު 500 ރުފިޔާގެ ވަގުނޫޓުތަކެއް ދައުރުވަމުންދާތީ
އެކަމަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއިން އިލްތިމާސްކޮށްފި އެވެ.
މިއަދު މެންދުރުފަހު
އެމްއެމްއޭގައި ބޭއްވި ޕްރެސް ބްރީފިންގ އެއްގައި ވާހަކަފުޅު ދައްކަމުން އެސިސްޓެންޓް
ގަވަރނަރު ، ބޭންކިންގ އޮޕްރޭޝަން މަރިޔަމް ހުސައިން ދީދީ ވިދާޅުވީ މިހާރު ކޮންމެވެސްވަރަކަށް
ދައުރުވަމުންދާ 500 ރުފިޔާގެ ވަގު ނޫޓަކީ އަސްލު ނޫޓްގެ ފޮޓޯ ކޮޕީއެއް ކަމަށެވެ. އަދި އެމްއެމްއޭއަށް މިކަން ފާހަގަކުރެވިފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން
ފެށިގެން ކަމަށާއި ބޭންކް ތަކުން ވިއްސަކަށް
ވަގު ނޫޓް އެމްއެމްއާއި ހަވާލުކޮށްފައިވާ ކަމަށް މަރިޔަމް ވިދާޅުވިއެވެ.
މަރިޔަމް ހުސައިން ދީދީ ވިދާޅުވީ ވަގު ނޫޓްތައް އެންމެ ފަސޭހައިން
އެނގޭނީ އައްޔަށް ދިއްކޮށްފަ ބެލުމުން ޞައްޙަ ނޫޓްގައި ހުންނަ ދައުލަތުގެ
ނިޝާން ފެންނަން ނެތުމުންކަމަށެވެ.
މީގެ އިތުރުން
ޞައްޙަ ނޫޓްގައި ހުންނަ ސަލާމަތީ ރޮދި ފަށުގެ ބަދަލުގައި ވަގު ނޫޓްގައި ވަނީ ސަލާމަތީ
ރޮދި ފަށެއް ރަމްޒްވާ ގޮތަށް އެއްޗެއް ތަތްކޮށްފައި ކަމަށްވެސް އެމްއެމްއޭ އިން
މައުލޫމާތުދެއެވެ.
މިހާރު ދައުރުވަމުންދާ ނޫޓްގައި އަތްލުމުން އެއީ އާދައިގެ
ކަރުދާސްކަން ވެސް އެނގޭނެކަމަށް އެމްއެމްއޭ އިން މައުލޫމާތުދެއެވެ.