ސިއްހަތު

ނެޝަނަލް ޑައިގްނޯސްޓިކް ސެންޓަރެއް ރާއްޖޭގައި ޤާއިމްކުރަނީ


ނެޝަނަލް
ޑައިގްނޯސްޓިކް ސެންޓަރެއް ރާއްޖޭގައި ވަރަށް އަވަހަށް ޤާއިމްކުރެވިގެންދާނެ
ކަމަށް ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.



މިނިސްޓަރ
އިރުތިޝާމް އާދަމް ވިދާޅުވީ އެކި ކަހަލަ ބަލިތަކަށް ހަދަންޖެހޭ ޓެސްޓުތައް
ހެދުމަށް ޓަކައި ޤާއިމްކުރާ މި ޑައިގްނޯސްޓިކް ސެންޓަރ އިމާރަތްކުރާނީ
އައިޖީއެމްއެޗް ކައިރީ ކަމަށާއި މިތަން ޤާއިމްކުރެވިގެން ދިޔުމުން ވަރަށް ގިނަ  ފަސޭހަ ތަކެއް އާއްމުންނަށް ލިބިގެންދާނެ
ކަމަށެވެ. އެގޮތުން މި ސެންޓަރގެ ސަބަބުން ޓެސްޓް ހެދުން ފަދަ ކަންކަމުގައި
ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ހުރެގެން އެކަން ކުރުމުގެ ފުރުސަތު
ފަހިވެގެން ދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.



މީގެ އިތުރުން މިިނިސްޓަރ ވިދާޅުވީ ހިތުގެ ބަލިތައް
ދެނެގަތުމަށްޓަކައި ކުރަން ޖެހޭ ޓެސްޓުތަކަށް، ރާއްޖޭގައި ކެތު ލެބެއް ޤާއިމްކުރުމާއި ގުޅޭ
މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި މިކަމުގައި ރާއްްޖެއާއި އެކު މަސައްކަތް
ކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.