ކުޅިވަރު

ޕްރެޒިޑެންޓްކަޕް މާޒިޔާ ކާމިޔާބުކޮށްފި


ޕްރެޒިޑެންޓްކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި މާޒިޔާ ފުރަތަމަ ފަހަރަށް އުފުލާލާފިއެވެ. މާޒިޔާ ފުރަތަމަ ފަހަރަށް މިމުބާރާތް ކާމިޔާބުކުރީ މިއަދު އައްޑޫ ސިޓީގައި ކުޅުނު ފައިނަލްގައި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ނިއުރޭޑިއަންޓްގެ މައްޗަށް 3-1 ން ކުރި ހޯދައިގެންނެވެ.ގިނަ އަދަދެެއްގެ ސަޕޯޓަރުންގ ކުރިމަތީގައި ކުޅުނު މެޗުގެ 7 ވަނަ މިނިޓްގައި ފުރަތަމަ ކުރި ހޯދީވެސް މާޒިޔާއިންނެވެ. އެއީ ކެޕްޓަން އަސަދުﷲ އަބުދުﷲގެ ލަނޑުންނެވެ. 24 ވަނަ މިނިޓްގައި އަލީ ފާސިރު ނިއުރޭޑިއަންޓަށް ނަތީޖާ ހަމަހަމަކޮށްދިނެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން މުޙައްމަދު އުމެއިރު ކާމިޔާބުކުރި ލަނޑުން މާޒިޔާ އަލުން ލީޑް ހޯދިއެވެ. މާޒިޔާ ޔަޤީންކަން ބޮޑުކުރީ ދެވަނަ ހާފްގައި ޕަބްލޯ ރޮޑްރިގޭޒް ޖެހި ލަނޑުންނެވެ.މިއީ މިމުބާރާތް މާޒިޔާ ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ކޯޗު އަލީ ސުޒޭން ބުނީ ކާމިޔާބީގެ އަޞްލަކީ ޓީމްގެ މެނޭޖްމަންޓްގެ ކޮމިޓްމަންޓާއި ކުޅުންތެރިންގެ ހިތްވަރުކަމަށެވެ. އަދި މާޒިޔާއަށް އައްޑޫ ސިޓީން ލިބުނު ސަޕޯރޓްކަމަށެވެ.ނިއުރޭޑިއަންޓަށް އިރުޝާދުދިން އެސިސްޓެންޓް ކޯޗު ޞަބާހު މުޙައްމަދު ބުނީ މިއީ ފުޓްބޯޅަ ކަމަށާއި، ބަލިވީ އާދައިގެ މިސްޓޭކްތަކެއްވެސް ހެދިގެންކަމަށެވެ. ނަމަވެސް މިއީ ފިލާވަޅެއް ކަމަަށް ބަލައި އަލުން ކާމިޔާބު ހޯދުމަކީ އުނދަގޫކަމެއްނޫންކަމަށެވެ.މިމުބާރާތް މިފަހަރު ކުރިއަށް ގެންދިޔައީ މިދިޔަ ސެޕްޓެމްބަރު މަހުގެ 15 ން ފެށިގެން އައްޑޫ ސިޓީގެ އިތުރުން ކުޅުދުއްފުށީގައެވެ. މިތައްޓާއެކު އޭއެފްސީކަޕްގެ ދެވަނަ ޖާގަ މާޒިޔާއަށް ލިބޭނެއެވެ. ފުރަތަމަ ޖާގަ ދޭނީ ލީގު ޗެމްޕިއަން ޓީމަށެވެ.