ދީން

އުމްރާ ދަތުރެއް ލިބޭ ޤްރުއާން މުބާރާތެއް ގ.ދ. ތިނަދޫގައި ބާއްވަނީ


އުމްރާ ދަތުރެއް
ލިބޭ ގޮތަށް ޢަބްދުﷲ އަޙްމަދު ފައުންޑޭޝަނުން ޤުރުޢާން މުބާރާތެއް އިޢުލާންކޮށްފިއެވެ.
ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަޙްމަދު ފައުންޑޭޝަންގެ ފަރާތުން
އަލްމަރުޙޫމް އަޙްމަދު ޙުސައިންގެ ހަނދާނުގައި ބާއްވާ ޤުރުޢާން މުބާރާތެކެވެ.
މިމުބާރާތަކީ، އެއް ވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް
އިޢުލާންކުރި މުބާރާތެކެވެ.



ޢަބްދުﷲ އަޙްމަދު
ވިދާޅުވީ، މިމުބާރާތަކީ އެމަނިކުފާނުގެ ބައްޕަ އަލްމަރުޙޫމް އަޙްމަދު ޙުސައިން ގެ
ހަނދާނުގައި ބާއްވާ މުބާރާތެއް ކަމަށާއި، އެމަނިކުފާނުގެ ބައްޕައަކީ ކުދިންނަށް
ޤުރުޢާން އުނގަންނައިދިނުމުގައި އަހަރުތަކެއްވަންދެން އުޅުއްވި ބޭފުޅެއްކަމަށެވެ. އަދި
ތިނަދޫ ދަރިވަރުންގެ ހިތްތަކުގައި ޤުރުޢާނަށް އޮންނަ ލޯބި އިތުރު ކުރުމާއިއެކު
ދީނީ ކަންކަމަށް އެކުދިންދޭ ސަމާލުކަން އިތުރުކުރުމަކީވެސް މި މުބާރާތުގެ
މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.



އަބްދުﷲ އަޙްމަދު ފައުންޑޭޝަނުން އިސްނަގައިގެން ކުރިޔަށް
ގެންދާ މިމުބާރާތް ކުރިޔަށް ދާނީ ތިނަދޫ ހަވަރު ސްޕޯޓްސް އާއި ގުޅިގެނެވެ.
މިމުބާރާތް ކުރިޔަށް ގެންދިޔުުމުގެ އެއްބަސްވުމުގައި އަބްދުﷲ އަޙްމަދު
ފައުންޑޭޝަންގެ ފަރާތުން ސޮއިކޮށްފައިވަނީ އެ ފައުންޑޭޝަންގެ ޗެއާރމަން ތިނަދޫ
ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދުއެވެ. އަދި ހަވަރު ސްޕޯޓްސްގެ ފަރާތުން
ސޮއިކޮށްފައިވަނީ ހަވަރު ސްޕޯޓްސްގެ ރައީސް ޢަބްދުލް މުޢުނެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ
މިއަންނަ ރޯދަމަހުގައެވެ.