ޚަބަރު

އަހުމަދިއްޔާގެ އެންމެ މޮޅު ދަރިވަރަކަށް ހުޝާމާ އަދި ސާރާ


އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ 2014 ވަނަ އަހަރުގެ
މަތީސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް ހުޝާމާ އަހްމަދު އަދި ސާނަވީ ބައިން
އެންމެ މޮޅު ދަރިވަރަކަށް ސާރާ އިބްރާހިމް ހޮވިއްޖއެވެެ. ރޭ ދަރުބާރުގޭގައި ބޭއްވި
ރަސްމިއްޔާތުގައި އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން މިދިޔަ އަހަރު ޚާއްސަ
ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިއުން ހަވާލުކޮށްދެއްވީ
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ.އަހްމަދިއްޔާ ސްކޫލް
އެންމެ ފުރަތަމަ އުފެދި ކިޔަވައިދޭން ފަށާފައިވަނީ 1982 ވަނަ އަހަރުގެ ފެބުރުއަރީ
މަހުގެ 21 ވަނަ ދުވަހުއެވެ އަހްމަދިއްޔާ ސްކޫލްގެ ހަޔާތުގައި ތެއްތިރީސް އަހަރު
ފާއިތުވެގެން ގޮސްފައިވާއިރު އެސްކޫލް އިންޓަރނޭޝަނަލް ސްކޫލަކަށް
ބަދަލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ ތެރޭގައެވެ. ދެ ދަންފަޅިއަކަށް
ކިޔަވައިދެމުން އަންނަ މިސްކޫލަކީ ރާއްޖޭގައި އެއް ސްކޫލެއްގައި އެންމެ ގިނަ
ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ ސްކޫލްވެސްމެއެވެެ. މިދިޔައހަރު
އެސްކޫލުން 2579 ދަރިވަރުން ތައުލީމް ހާސިލްކޮށްފައިވެއެވެ. 

މިދިޔަ އަހަރު ސާނާވަނީ
އިމްތިހާނުން ޓޮޕް ޓެންގައި އެސްކޫލްގެ 30 ދަރިވަރަކު ހިމެނިފައިވާއިރު މަތީ
ސާނަވީ  އިމްތިހާނުގެ ޓޮޕްޓެންގައި 7
ދަރިވަރަކު ހިމެނިފައިވެއެވެ. މިދިޔަ އަހަރު އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގެ
މަތީސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް ގްރޭޑް 12 ޑީގެ ދަރިވަރު ހުޝާމާ
އަހްމަދު ހޮވުނު އިރު ސާނަވީ ބައިން އެންމެ މޮޅު ދަރިވަރަކަށް ހޮވިފައިވަނީ ގްރޭޑް
10 އެޗްގެ ދަރިވަރު ސާރާ އިބްރާހިމްއެވެ. އެސުކޫލުން ނިމިދިޔަ އަހަރު ދަރިވަރުން ބައިވެރިވި
އިމްތިހާނުން ދުނިޔޭގެ އެންމެ މަތީ ފާސް ހަތަރު ދަރިވަރަކު ހޯދާފައިވާއިރު، މުޅި
ޜާއްޖެއިން އެއްވަނަ އެއް ދަރިވަރަކު ހާސިލްކޮށްފައިވެއެވެ. 

އަހްމަދިއްޔާ
އިންޓަރނޭޝަނަލް ސްކޫލްގެ
2014 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި ރައީސުލް ޖުމުހޫރިއްޔާ ދެއްވާ
އިނާމާއި، އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން މިސްކޫލްގެ ބާނީ ޑީ އަހްމަދު ދީދީގެ
ހަނދާނުގައިދޭ އިނާމާއި ހަނދާނީލިއުމާއި ޓްރޮފީ އަދި އެހެނިހެން ފަރާތަތަކުން ދިން
އިނާމް  އެދަރިވަރުންނާއި ހަވާލުކޮށްދެއްވީ
ޖަލްސާގެ ޝަރަފްވެރި މެހެމާން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީއެވެ. މީގެ
އިތުރުންވެސް ނިމިދިޔަ އަހަރު އެސްކޫލުން ކިޔެވުމަށާއި އިތުރު ހަރަކާތްތަކުން
ފާހަގަކޮށްލެވުނު ދަރިވަރުންނަށްވެސް އިނާމާއި ހަނދާނީ ލިޔުން ދީފައިވެއެވެ. 

މި
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު
ޝައިނީ ވިދާޅުވީ، ރާއްޖޭގައިވެސް ތަފާތު ހުނަރު ހުރި ދަރިވަރުން އެބަތިބިކަމަށާއި،
ތައުލީމް އުނގެނުގެ އިތުރުން އެހެނިހެން ހަރަކާތްތަކުގައިވެސް ދަރިވަރުން
ބައިވެރިވުން މުހިއްމުކަމަށެވެ. އެހެންކަމުން ކިޔެވުމުގެ އިތުރުން ތަފާތު އިތުރު
ހަރަކާތްތަކުގައިވެސް ދަރިވަރުން ބައިވެރިކުރުމަށް ބެލެނިވެރިންނަށް
އިލްތިމާސްކުރެއްވިއެވެ. ކިޔަވައި ނިންމުމަށްފަހު ކޮންމެ ކުއްޖަކުވެސް
ވިސްނަންވާނީ އެންމެ ފައިދާހުރި އަދި ގައުމަކޮށްދެވޭނީ  ކޮން
ކަމއެއްތޯކަމަށާއި، ސިޔާސީ ކަންކަމަށް އިސްކަން ނުދީ އިޤްތިޞާދީ ގޮތުން ގައުމު
ކުރިއަރުވައި  ގައުމު ހިންގުމަށް އިސްކަން
ދޭނެޖެހޭކަމަށް  މިނިސްޓަރ ވިދާޅުވިއެވެ.



މިރަސްމިއްޔާތުގައި
އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދު ދެއްކެވި
ވާހަކާގައި، ސްކޫލަށް ދިމާވެފައިވާ ގޮންޖެހުންތަކާއި އެކުވެސް ގިނަ ދަރިވަރުންނަށް
ފުރިސަތުދީގެން ޒަމާނީ ވަސީލަތްތަކާއި އެކު ތައުލީމް ފޯރުކޮށްދިނުމަށް އިސްކަން
ދެއްވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ކޮންމެ ދަރިވަރަކީވެސް ފުރިހަމަ
ތައުލީމް ލިބިފައިވާ ދަރިވަރަކަށް ވުމަށް ޕްރިންސިޕަލް އިލްތިމާސްކުރެއްވިއެވެ.



އަހްމަދިއްޔާ
އިންޓަރނޭޗަނަލް ސްކޫލްގައި މިއހަރު 2685 ދަރިވަރުން ދައުލީމް
ހާސިލްކުރަމުންގެންދޭއެވެ.