ސިޔާސީ

އދ. ގެ ޗާޓަރުގެ މައިގަނޑު މަފްހޫމަކީ އިންސާނީ ދިރިހުރުން


އދ. ގެ ޗާޓަރުގެ މައިގަނޑު މަފްހޫމަކީ އިންސާނީ ދިރިހުރުން ކަމަށް ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވެއްޖެއެވެ.އދ. ގެ އާއްމު މަޖިލީހުގައި ތަޤްރީރު ކުރައްވަމުން ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ ޤައުމުތަކުން އދ. ގެ ޗާރޓަރު ބަލައިގެންތާ މިއަހަރަށް 70 އަހަރު ފުރޭއިރު، އަޅުގަނޑުމެންގެ މަސައްކަތް ބިނާވެފައި އޮންނަންވާނީ އިންސާނީ ދަރިފަސްކޮޅަށް ޚިދުމަތްކުރުމުގެ މައްޗަށް ކަމަށެވެ. އަދި މިކަމަށް އިޝާރާތްކުރައްވާ ޚާރިޖީ ވަޒީރު ދުންޔާ ވިދާޅުވީ މިދަނޑިވަޅަކީ ހުރިހާ ޤައުމުތަކުންވެސް މިމަސައްކަތް އެންމެ ފުރިހަމައަށް އަދާ ކުރެވިއްޖެތޯ ސުވާލުކޮށްލަން އެންމެ މުނާސަބު ވަގުތު ކަމަށެވެ.މިގޮތުން އދ.ގެ މެންބަރު ޤައުމުތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތުން އދ. ގެ ޗާޓަރުގައި ހިމެނޭ ކަންތައްތައް ހާސިލްކުރުމުގައި ކުރިއެރުންތަކެއް ހޯދާފައިވާކަން ކަން ދުންޔާ ފާހަގަކުރެއްވިއެވެ.