ކުޅިވަރު

އެފްރިކަން ފުޓްބޯޅައިގެ ރައީސް ފަސް އަހަރަށް ސަސްޕެންޑްކުރަން ފީފާއިން ނިންމައިފި


ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްގެ ރައީސް އަހުމަދު އަހުމަދު ކޮރަޕްޝަންގެ މައްސަލައެއްގައި ފަސް އަހަރަށް ސަސްޕެންޑްކުރަން ފީފާއިން ނިންމައިފިއެވެ.

ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްގެ ރައީސްކަން 2017ވަނަ އަހަރުން ފެށިގެން އަހުމަދު އަހުމަދު ކުރައްވަމުންދަނިކޮށް އޭނާ ސަސްޕެންޑް ކުރުމަށް ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ނިންމީ އޭނާގެ މައްޗަށް ސާބިތުވި ކޮރަޕްޝަންގެ މައްސަލަތަކުގެ ތެރޭގައި އިތުބާރު ނުހިފޭ އެތައްކަމެއް ކޮށްފައިވާކަމަށް އަހުމަދު އަހުމަދުގެ މައްޗަށް ތުހުމަތުކޮށްފައިވެއެވެ. އަދި އަމިއްލަ މަސްލަހަތު އިސްކުރުމުގެ ގޮތުން ބައެއް ފަރާތްތަކަށް ހަދިޔާ އާއި އެހެނިހެން ތަކެތި ދިނުމުގެ އިތުުރުން، މާގާމުގެ ނުފޫޒް ބޭނުންކޮށްގެން ބައެއް ކަންތައްތައް ކޮށްފައިވާކަމަށް ސާބިތުވެފައިވާ ކޮރަޕްޝަންގެ މައްސަލަތަކުގައި ހިމެނޭކަމަށް ފީފާއިން ބުނެފައިވޭއެވެ. އަދި އެސޯސިއޭޝަންގެ ފައިސާއިން އަމިއްލަ ބޭނުންތަކަށް ހަރަދު ކުރުންވެސް ހިމެނެއެވެ.

ފީފާއިން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްގެ ރައީސް އަހުމަދު އަހުމަދު ފަސް އަހަރަށް ސަސްޕެންޑް ކުރުމުގެ އިތުރުން 2 ލައްކައަށް ވުރެއް ޑޮލަރުން ޖޫރިމަނާވެސް ކޮށްފައިވެއެވެ. އަހުމަދުވަނީ ދާދި ފަހުން ކޮވިޑް19 އަށް ޕޮޒިޓިވްވެސް ވެފައެވެ. ނަމަވެސް ކޮވިޑް19އިން ރަގަނޅުވެ އަހުމަދު މިހާރުވަނީ އެސޯސިއޭޝަންގެ މަސައްކަތްތަކުގައި ބައިވެރިވާން ފަށާފައެވެ. މިމައްސަލަ އެޕީލްކުރުމަށް އަހުމަދު އަހުމަދު ނިންމާފައިވާއިރު ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސްއަށް ހުށައަޅާނެކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.