ކުޅިވަރު

އިބްރަހިމޮވިޗް ޕީއެސް ހަދިޔާކޮށްފި


އޭސީ މިލާންގެ ކޮންމެ ކުޅުންތެރިއަކަށް ޒްލަޓާން އިބްރަހިމޮވިޗް ޕްލޭސްޓޭޝަން 5 ހަދިޔާކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބާޒާރަށް ނެރުނު ޕްލޭ ސްޓޭޝަންގެ އެންމެ ފަހުގެ އުފެއްދުމަކީ މިވަގުތު އެންމެ ގިނަ ބަޔަކު އޯޑަރުކުރަމުން އަންނަ ގޭމިންގ ކޮންސޯލްއެވެ. މީގެ އިތުރުން ޕްލޭސްޓޭޝަނަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ މެދުގައިވެސް ވަރަށް މަގުބޫލު އެއްޗެކެވެ. ޕްލޭޝްޓޭޝަން 5 ބާޒާރަށް ނެރުމާއިއެކު ގިނަ އޮންލައިން ގޭމް ވިއްކާ ސައިޓްތަކަށް ބާރުބޮޑުވެ ގިނަ ސައިޓްތައް ކްރޭޝްވިއެވެ. އަދި ސްޓޮކް ހުސްވެގެންވެސް އުޅެން ވެސް ޖެހުނެވެ. ނަމަވެސް އައު ސްޓޮކް ލިބެންދެން އޭސީ މިލާންގެ ކުޅުންތެރިން އިންތިޒާރުގައި ތިބޭކަށް ނުޖެހުނެވެ.

އޭސީ މިލާންގެ ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗްވަނީ އޭނާ ކުޅެމުން އަންނަ ކުލަބު އޭސީ މިލާންގެ ހުރިހާ ކުޅުންތެރިންނަށް ހަދިޔާކޮށްފައެވެ. 39 އަހަރުގެ ފޯވަޑް ޕީއެސް5 ހަދިޔާކުރުމުން އެ ކުލަބުގެ ކުޅުންތެރިންވަނީ ސޯޝަލް މީޑިޔާގައި އެކަން ހާމަކޮށް ޕޯސްޓްތަކެއްވެސްކޮށްފައެވެ.