ތަޢުލީމު

އަމީނިއްޔާ ސްކޫލުގައި ޓީޗަރުންގެ ދުވަސް ފާހަގަކޮށްފި


މިއަހަރުގެ ޓީޗަރުންގެ ދުވަސް އަމީނިއްޔާ ސްކޫލްގައި މިއަދު ފާހަގަކޮށްފިއެވެ.މިދުވަހާއި ގުޅިގެން އެސްކޫލްގައި މިއަދު ހާއްސަ އެސެންބްލީއެއްވެސް ވަނީ ބާއްވާފައެވެ. އަދި މި އެސެންބްލީގައި ސްކޫލް ކުދިންގެ ހާއްސަ ނެށުމުގެ އައިޓަމްތަކެއް ވަނީ ހުށަހައަޅާދީފައެވެ.އަމީނިއްޔާ ސްކޫލުގެ ލީޑިންގ ޓީޗަރ އާމިނަތު ހަސަން ވިދާޅުވީ ޓީޗަރުންގެ ދުވަހާއި ގުޅިގެން އެ ސްކޫލުގެ ފަރާތުން މާދަމާ ފޭދޫ ފިނޮޅުގައި ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށާއި، އަދި ޑިނަރ ނައިޓެއްވެސް ކުރިޔަށް ގެންދިއުމަށް ރާވާފައިވާކަމަށެވެ." ޓީޗަރުންނަށް ޙައްސަކޮށްގެން ބާއްވާ ޑިނަނައިޓްގައި ސަޕްރައިޒް އައިޓަމްސްތަކެއް ހުންނާނެ". އަމިނަތު ހަސަން ވިދާޅުވިއެވެ.ބައިނަލް އަގުވާމީ ޓީޗަރުންގެ ދުވަހަކީ އޮކްޓޫބަރ މަހުގެ 5 ވަނަ ދުވަހެވެ.އަމީނިއްޔާ ސްކޫލުގެ ފަރާތުން ޓީޗަރުންގެ ދުވަސް މިއަދު ފާހަގަކުރުމަށް ނިންމީ އޯލެވެލް އިމްތިިހާން ކުރިޔަށް އޮތުމުގެ ސަބަބުން އެ އިމްތިހާނަށް ތައްޔާރުވުމަށް ވަގުތު ހުސްކުރުމުގެ ގޮތުން ކަމަށް އެސްކޫލުން މައުލޫމާތުދެއެވެ. އޯލެވެލް އިމްތިހާން ފެެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 3 ވަނަދުވަހުއެވެ.