ކުޅިވަރު

ފީފާ ކުލަބް ވޯލްޑްކަޕް މިއަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފި


ފީފާ ކުލަބް ވޯލްޑްކަޕް މިއަންނަ އަހަރުގެ ފެބްރުއަރީ މަހަށް ފަސްކޮށްފިއެވެ.

ކުރިން މިއަހަރުގެ ޑިސެންބަރު މަހު ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބް ވޯލްޑްކަޕް މިއަންނަ އަހަރުގެ ފެބްރުއަރީ ހަމަށް ފަސްކޮށްފައިވަނީ މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް19 ވައިރަހާއި ގުޅިގެންނެވެ. ކުލަބް ވޯލްޑްކަޕް ފަސްކޮށްފައިވާއިރު، މިއަހަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑެތި މުބާރާތްތަށްވެސް ވަނީ މިއަންނަ އަހަރަށް ފަސްކޮށްފައެވެ. އޭގެ ތެރޭގައި ޔޫރޯ އާއި ކޮޕަ އެމެރިކާ އަދި އޮލިމްޕިކްސް ފާހަގަކޮށްލެވެއެވެ.

މީޑިޔާއަށް މަޢުލޫމާތު ދެމުން ފީފާގެ އޮފިޝަލަކުބުނީ މިއަހަރުގެ ޑިސެންބަރު މަހުގައި ކުލަބް ވޯލްޑްކަޕް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިކަމަށާއި ކޮވިޑާއިގުޅިގެން މުބާރާތް ނުބޭއްވޭތީ ފީފާއިން ނިންމާފައިވަނީ މިއަންނަ އަހަރަށް މުބާރާތް ފަސްކުރުމަށް ކަމަށެވެ. ފީފާ ކުލަބް ވޯލްޑް ކަޕް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 1 ކުން 11އަށެވެ.

ހަ ބައްރުގެ ޗެމްޕިއަނުންނާއި ހޯސްޓްކުރާ ގައުމުގެ އެއް ޓީމު ކުޅޭގޮތަށް ކޮންމެ އަހަރަކު ބާއްވަމުން އައިސްފައިވާ ފީފާ ކްލަބް ވޯލްޑް ކަޕް 24 ޓީމާ އެކު، ކޮންމެ ހަތަރަކު އަހަރުން އެއް އަހަރު ބާއްވަން ފީފާ އިން ނިންމީ މި މުބާރާތް އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. މިދިޔަ އަހަރުގެ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރީ ލިވަޕޫލުންނެވެ. ބަޔާން މިއުނިކްވަނީ ވަނީ 2013 ވަނަ އަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.