ތަޢުލީމު

ކ. އަތޮޅުގެ ޕްރިންސިޕަލުންނަށް ޚާއްސަ މަސައްކަތު ބައްދަލުވުން


ސަރުކާރުގެ ސިޔާސަތެއް ކަމުގައިވާ އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި، ކ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށް މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ. މޯލްޑިވްސް ޕޮލިޓެކްނިކްގައި މިއަދު ފެށި މި ބައްދަލުވުމާއި ދުލޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝެރީނާ އަބްދުއްސަމަދު ވިދާޅުވީ 2017 ވަނަ އަހަރާއި ހަމަޔަށް ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެއް ކަމަށެވެ. ޝެރީނާ ވިދާޅުވީ މި ބައްދަލުވުމުގައި ވޭތުވެދިޔަ އަހަރުތަކުގައި ސްކޫލްތަކުގެ ނަތީޖާތަކާއި މެދު މަޝްވަރާކުރެވޭނެ ކަމަށެވެ. އަދި މި ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކުރެވިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ދެ ދުވަހަށް ކުރިއަށްދާ ފައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކ. އަތޮޅުގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުން ބައިވެރިވެއެވެ. މި ފަދަ ދެ ވަނަ ބައްދަލުވުމެކެވެ. މިފަދަ އިތުރު ބައްދަލުވުމެއް ލ. އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ވަރަށް އަވަހަށް ބާއްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއްވައެވެ.