ވިޔަފާރި

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމުގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފި

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ކުރިއަށްގެންދާ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމުގެ ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ފެސިލިޓީތަކާއި އަދި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅުންހުރި އެހެން ވިޔަފާރިތަކަށްވެސް ޕާޓްނަރުންނަށްވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މި ކަމަށް ޝައުގުވެރިވާ ވިޔަފާރިތަކުން އީމެއިން މެދުވެރިކޮށް އިމިގްރޭޝަނަށް އެކަން އެންގުމަށް އެވުޒާރާއިންވަނީ އެދިވަޑައިގެންފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށް ހުށަހަޅާ ޕާޓްނަރުންގެ އަތުން ފީއެއް ނުނަގާއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގުރާމަކީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން ތަފާތު އިނާޔަތްތައް ލިބޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ލޯންޗްކޮށްފައިވަނީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ސެޕްޓެންބަރުމަހުގެ 27 ވަނަ ދުވަހުއެވެ.

މި ޕްރޮގުރާމް ފަރުމާކޮށްފައިވަނީ ރާއްޖޭގައި ފާހަގަކުރާ ޚާއްސަ މުނާސަބަތުތަކާއި ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް އިތުރު ޕޮއިންޓް ލިބޭގޮތަށެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރާއިރު ރާއްޖޭގެ ސަޤާފަތް ޕްރޮމޯޓްކުރުން ކަމަށްވެސް އިމިގްރޭޝަނުން ވަނީ ވިދާޅުވެފައެވެ. މި ޕްރޮގުރާމްގެ ވީޑިއޯގައިވެސް އިމިގްރޭޝަނުން ބޭނުންކޮށްފައިވަނީ ދިވެހިވަންތަ ހެދުންތަކެކެވެ. އަދި ޕްރޮގުރާމްގެ 3 ކެޓަގަރީއަށްވެސް ދީފައިވަނީ ދިވެހި ވަންތަ ނަންތަކެކެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ބަހާލާފައިވަނީ 3 ކެޓަގަރީއަކަށެވެ. އެގޮތުން ބްރޮންޒް އަށް ދީފައިވާ ނަމަކީ "އައިދަ" އެވެ. ސިލްވަރ އަށް "އަންތަރަ" ކިޔާއިރު ގޯލްޑް އަށް ކިޔަނީ "އަބާރަނަ" އެވެ.

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިން ވިދާޅުވީ، އަންދާޒާ ކުރާގޮތުގައި އާންމުކޮށް ރާއްޖެ އަންނަ ފަތުރުވެރިއަކަށް އައިދައާއި ހިސާބަށް ދެވޭނީ 3 ނުވަތަ 4 ދަތުރުންކަމަށެވެ. އަންތަރައަށް ދިއުމަށް 15 ނުވަތަ 17 ދަތުރު ރާއްޖެއަށް ކުރަންޖެހޭއިރު ބޯޑަރ މައިލްސްގެ އެންމެ މަތީ ހަރުފަތްކަމަށްވާ އަބާރަނައަށް ދިއުމަށް ގާތްގަނޑަކަށް 30 ނުވަތަ 32 ދަތުރު ފަތުރުވެރިން ރާއްޖެ ކުރަން ޖެހޭކަމަށް އަންދާޒާކުރައްވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ވިދާޅުވިއެވެ.

މި ޕްރޮގުރާމްގައި ޕޮއިންޓް ލިބޭ ގޮތްތައް:

* ރާއްޖޭގެ ބޯޑަރު ހުރަސްކުރާ ކޮންމެ ފަހަރަކު 50 ޕޮއިންޓް
* ހަނީމޫން ހޭދަކުރަން 30 ޕޮއިންޓް
* ވެޑިން އެނިވަރސަރީ ފާހަގަކުރަން 30 ޕޮއިންޓް
* އުފަންދުވަސް ފާހަގަކުރަން 30 ޕޮއިންޓް
* ދިވެހި ސަޤާފީ ދުވަސްތައް ފާހަގަކުރަން 10 ޕޮއިންޓް
* ސީޒަންތަކުގައި ދަތުރުކުރާނަމަ 20 ޕޮއިންޓް
* ރާއްޖޭގައި ހޭދަކުރާ ކޮންމެ ރެއަކަށް 5 ޕޮއިންޓް
* މިޕްރޮގުރާމްގައި ބައިވެރިވެފައިވާ ޓޫރިސްޓް ފެސިލިޓީތަކުން ފޯރުކޮށްދޭ ތަފާތު ޚިދުމަތްތައް ބޭނުންކުރާނަމަ 5 ޕޮއިންޓް

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ އައިދައަށް ދެވޭނީ 500 ޕޮއިންޓް ހޯދައިގެންކަމަށެވެ. އަންތަރާ އަށް ދިއުމަށް 2000 ޕޮއިންޓް ހޯދަންޖެހޭއިރު، އަބާރަނައަށް ދިއުމަށް ހޯދަންޖެހޭނީ 4000 ޕޮއިންޓެވެ.

މި ޕްރޮގްރާމަށް ޢަމަލުކުރަންފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. މި ޕްރޮގުރާމްގައި ބައިވެރިވުމަށް ފަތުރުވެރިން ރާއްޖޭގައި މަދުވެގެން 3 ދުވަސް މަޑުކުރަންޖެހެއެވެ. އަދި މަޑުކުރަންޖެހޭނީ ޓޫރިސްޓް ފެސިލިޓީއެއްގައެވެ.