ވިޔަފާރި

"ބީއެމްއެލްގެ ބައެއް ޚިދުމަތްތަކަށް މިރޭ ބުރޫ އަރާނެ"


ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ޚިދުމަތްތަކަށް މިރޭ ބުރޫއަރާނެކަަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ކުރި ޓުވީޓެއްގައި ބުނީ މިރޭ ދަންވަރު 1 އަކުން ފަތިހު 4 ޖެހުމާއި ހަމައަށް މެއިޓެއިނެންސްގެ މަސައްކަތްތަކެއް ކުރުމަށް އެ ބޭންކުން ފޯރުކޮށްދޭ، އިންޓަރނެޓް ބޭންކިންގް ޙިދުމަތާއި، އޭޓީއެމްތަކާއި ޕީއޯއެސް މެޝިންތަކުން ދޭ ޙިދުމަތްތަކާއި، ޔޫއެސްޑޮލަރ ބުކިންގ ޕޯޓަލްގެ ޚިދުމަތަށް ބުރޫ އަރާނެ ކަމަށެވެ.

މިމަސައްކަތް ކުރުމަށް މިގަޑި ޚިޔާރުކޮށްފައިވަނީ މިގަޑީގައި އެ ޙިދުމަތްތައް ބޭނުންކުރާ ފަރާތްތަށް މަދުވާނެކަމަށް ލަފާކުރެވޭތީ ކަމަށް ބީއެމްއެލްއިން ބުނެއެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެބޭންކުންވަނީ މައާފަށް އެދިފައެވެ.