ޚަބަރު

މޫސުން: ބ.އަތޮޅުން ދެކުނަށް ވައިޓް އެލަރޓް ނެރެފި


މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލަރޓް ނެރެފިއެވެ. ވައިޓް އެލަރޓް ނެރެފައިވަނީ ބ.އަތޮޅުން ފެށިގެން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިރޭގެ މެންދަމު 2 ޖެހުމާ ހަމައަށް މިސަރަޙައްދުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެލަރޓް ނެރެފައިވާ ގަޑިތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެއެވެ.

މެޓް އޮފީހުން ބުނެފައިވަނީ ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށެވެ.އަދި އެހެން ސަރަޙައްދުތަކަށްވެސް ވިލާގަނޑުގައި ގަދަވާނެކަމަށެވެ. ރާޅުގެ އުސްމިން އުޅޭނީ 3ފޫޓާއި 5 ފޫޓާއި ދެމެދުގައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވާކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މުސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.