ޚަބަރު

މާލޭގެ ގެއެއްގެ 9ވަނަ ފަންގިފިލާއިން ވެއްޓި ބިދޭސީއަކު މަރުވެއްޖެ


މ. ސަނީބްރީޒް ގޭގެ 9 ވަނަ ފަންގިފިލާއިން
ބިދޭސިއަކުން ވެއްޓި މަރުވެއްޖެއެވެ. ޕީ.އެސް.އެމްއަށް މައުލޫމާތު ދެއްވަމުން
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ސަނީބްރީޒް ގޭގެ 9 ވަނަ ފަންގިފިލާއިން
ވެއްޓި މަރުވެފައިވަނީ އިންޑިޔާ ފިރިހެނެއް ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް
ގެންދެވުނު އިރުވެސް މަރުވެފައިވާކަމަށް އޭނާ ބެލި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުންގެ
މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.



މިއަދު މެންދުރު
12:00 އެހާއިރު ހިނގި މި ޙާދިސާގައި މަރުވެފައިވާ މިހާއާއި ގުޅޭ އިތުރު
ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއްނުވެއެވެ.ފުލުހުން ދަނީ މިހާރު މިހާދިސާ
އިތުރަށް ތަހުޤީޤުކުރަމުންނެވެ.