ވިޔަފާރި

އެމްޓީސީސީ އީޖީއެމް - ބޯޑަށް ޑިރެކްޓަރަކު އައްޔަންކޮށްފި


އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ އާއްމު ހިއްސާދާރުން ތަމްސީލްކުރައްވާ ޑިރެކްޓަރގެ މަޤާމަށް މުހައްމަދު އިމްރާން އަދުނާނު އައްޔަން ކޮށްފިއެވެ.

އެމްޓީސީސީގެ އާއްމު ހިއްސާދާރުން ތަމްސީލްކުރައްވާ ޑިރެކްޓަރގެ މަޤާމަށް މާފަންނު މެއިންޒް މުހައްމަދު އިމްރާން އަދުނާނު އައްޔަންކޮށްފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓްރީގެ "ފަހިވޯޓު" މެދުވެރިކޮށް އިއްޔެ ބޭއްވި އެމްޓީސީސީގެ "އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ" ނުވަތަ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައެވެ.

މިޖަލްސާގައި ކުންފުނީގެ ހިއްސާދާރުންގެ ތެރެއިން 283 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ކުންފުނީގެ ރައުސޫމާލުގެ 5،577،217 ހިއްސާ ތަމްސީލު ކުރެއެވެ.

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލްކުރައްވާ 2 ބޭފުޅުން ތިއްބަވައެވެ. އޭގެ ތެރެއިން އެއް ބޭފުޅަކު ވަނީ މިދިޔަ ސެޕްޓެމްބަރުގެ ތެރޭގައި މަޤާމަށް އައްޔަންކޮށްފައެވެ.

"އެކްސްޓްރާ އޯޑިނަރީ ޖެނެރަލް މީޓިންގ" ގައި ޑިރެކްޓަރުންގެ ބޯޑަށް އިމްރާން އައްޔަންކޮށްފައިވަނީ ކުންފުނީގެ ހިއްސާދާރުންގެ މެދުގައި ނެގުނުގެ ވޯޓުން ވޯޓުގެ %78 ކާމިޔާބު ކޮށްގެންނެވެ.

އެމްޓީސީސީއަކީ އާންމުގެ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހަތް ބޭފުޅުން ތިއްބަވާ އިރު އޭގެ ތެރޭގައި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ދެ ޑައިރެކްޓަރުން ހިމެނިވަޑައިގަންނަވައެވެ.

1. މުހައްމަދު ފަހީމް - ޗެއާމަން
2. އާދަމް އާޒިމް - ޗީފް އެގްޒެކެޓިވް އޮފިސަރ
3. ޝާހިދު ހުސެއިން މޫސާ - ޗީފް އޮޕަރޭޓިންގް އޮފިސަރ
4. ސިނާން އަލީ - ނޮން އެގްޒެކެޓިވް ޑަރިކްޓަރ
5. އަލްއުސްތާޒް މުހައްމަދު ފަރީދު - ނޮން އެގްޒެކެޓިވް ޑަރިކްޓަރ
6. ނަސްރަތު މުހައްމަދު - އާންމު ހިއްސާދާރުންގެ ފަރާތުން
7. މުހައްމަދު އިމްރާން އަދުނާނު - އާންމު ހިއްސާދާރުންގެ ފަރާތުން